ލޭއަޅާ ކުދިން މަދުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ލޭއަޅާ ކުދިން މަދުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ތެލަސީމިއާ ގުޅިގެން އުފަންވާ ލޭއަޅާ ކުދިންގެ ނިސްބަތް މަދުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

7 months ago - 20:24
Feb 1, 2024 - 22:14
Advertisement

ތެލަސީމިއާ ބައްޔާ ދެކޮޅަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.

މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ގިނަ ބަޔަކަށް ތެލަސީމިއާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށް، ބައްޔާ ގުޅުން ހުރި މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޮށްދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި، ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން މި ކެމްޕެއިންގެ ދަށުން ތެލަސީމިއާއަށް ޓެސްކުރާނެ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.

Advertisement

މި ކެމްޕެއިންގެ މަގުސަދަކީ ތެލަސީމިއާ ގުޅިގެން އުފަންވާ ލޭއަޅާކުދިންގެ ނިސްބަތް މަދުކުރުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން ތެލަސީމިއާގެ ސަބަބުން އުފަންވާ ލޭއަޅާ ކުދިންގެ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 ޕަސެންޓަށް ދަށް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement