އަކްރަމް ކަމާލުއްދީނުގެ މައްޗަށް ދައުވާކޮށްފި
އަކްރަމް ކަމާލުއްދީން, އިތުރު ތިން މީހުންގެ މައްޗަށްވެސް ދައުވާ އުފުލި

އަކްރަމް ކަމާލުއްދީނުގެ މައްޗަށް ދައުވާކޮށްފި

އިތުރު ތިން މީހުންގެ މައްޗަށްވެސް ދައުވާ ކުރަން ފޮނުވި

3 hours ago - 12:17
Sep 18, 2025 - 12:18
Advertisement
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓު ދިނުމުގައި އުޞޫލާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލައިގައި މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްފިއެވެ.

މިދިޔަ ސަރުކާރުގައި ގެދޮރުވެރިކަމުގެ ކަންކަން ކުރިއަށްގެންދެވުމުގައި އިސްކޮށް ހުންނެވި, އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ ކުރަން ފޮނުވީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އޭރުގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ނެދުންގެ، މުޙައްމަދު ޢާރިފް އާއި އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، އަޙްމަދު ވިޝާން ނަސީމް އާއި އެމިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، ޟިރުޣާމް ވަޙީދުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރަނީ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

ދައުވާ ކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ. ޕީޖީ އޮފީހުން ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.   

މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންވެސް ކަމަށްވެސް ވިދާޅުވިއެވެ. އެބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން، ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން މިއަދު ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement