20  ވަނަ މަޖިލީހުގެ 93 ދާއިރާގެ ކެނޑިޑޭޓުންގެ ބަހުސެއް ޕީއެސްއެމުން ގެނެސްގެނީ

20 ވަނަ މަޖިލީހުގެ 93 ދާއިރާގެ ކެނޑިޑޭޓުންގެ ބަހުސެއް ޕީއެސްއެމުން ގެނެސްގެނީ

މަޖިލީސް އިންތިހާބުގައި ވާދަކުރާ 93 ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސެއް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްގެނީ

7 months ago - 20:10
Feb 1, 2024 - 20:47
Advertisement

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ 93 ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސެއް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ބާއްވަން ނިންމައިފިއެވެ.

 ޕީއެސްއެމްއިން ވިދާޅުވީ، އެ ބަހުސް ފަށާނީ މި މަހުގެ 20 ގައި ކަމަށެވެ. ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަހުސް ދައްކާނީ ޕީއެސްއެމްގެ ޗެނަލް "ޔޭސް ޓީވީ" އިންނެވެ.

"ސިޓީ ކައުންސިލްތަކުގެ ދާއިރާތަކުގެ ބަހުސް ބާއްވާނީ އެ ސިޓީއެއްގައި. އެހެންވެ، މާލެ އާއި ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގެ ދާއިރާތަކުގެ ބަހުސް އޮންނާނީ އެ ސިޓީތަކުގައި،"  ޕީއެސްއެމް އޮފިޝަލް ވިދާޅުވި އެވެ.

ޕީއެސްއެމުން ނިންމާފައި ވަނީ މާލޭގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ބަހުސް އިން އެ ޕްރޮގްރާމް ފަށާ ގޮތަށެވެ. އޭގެ ފަހުން ހއ. އިން ފެށިގެން އައްޑުއާ ހަމައަށް ތަރުތީބުން ބަހުސް ބާއްވާނެ އެވެ.

Advertisement

"މި ގޮތަށް ކުރިއަށް ދިޔައީމާ ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންނަށް ބަހުސްތައް ނިންމައިލެވޭނެ،" ޕީއެސްއެމް އޮފިޝަލް ވިދާޅުވި އެވެ.

ޕީއެސްއެމުން މަސައްކަތް ކުރަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބަހުސް ބާއްވާށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ 93 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement