ކުރިންވެސް ފަހުންވެސް ގޯތި ދިނުމުގައި ބޭއިންސާފް ހިމެނޭ- ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިންވެސް ފަހުންވެސް ގޯތި ދިނުމުގައި ބޭއިންސާފް ހިމެނޭ- ނަޝީދު

މިފަހަރު ތަފާތަކީ މައްސަލަ ތަހުގީގު ކުރަން ފެށުމާއި، ވެރިން ބަދަލުކުރުން

1 year ago - 13:16
Dec 23, 2024 - 13:20
Advertisement
Advertisement

ކުރިންވެސް ފަހުންވެސް ގޯތި ދިނުމުގައި ބޭއިންސާފް ހިމެނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅިވެއްޖެ އެވެ. ގެދޮރުވެރޮޔާ ސްކީމުން ގޯތި ދިނުމާއި، ބިންވެރިޔާ ސްކީމުން ބިން ދިނުމުގައި އުސޫލުން ބޭރުން ކަންކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގެއް ކުރަމުން ދަނިކޮށް ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ އެކަމުގައި ދަންނަވަން އޮތީ ކުރިންވެސް ދެންނެވި ވާހަކަ ކަމަށެވެ.

ކުރީގައިވެސް ލިސްޓް ހަދާފައި ވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށް ވިދާޅުވިއެވެ. މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާލެވުނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިފަހަރުގެ ތަފާތެއްގެ ގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވީ މައްސަލަ ބަލަން ފަށާ، ތަހުގީގު ކުރަން ފެށުމެވެ. އެޗްޑީސީގެ ވެރިން ބަދަލުކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަލަށް އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވި ކުރީގެ ވަޒީރު މައުރޫފް ޖަމީލް ކަންކަން ރަނގަޅުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement