ފިހާރައެއް ފަޅާލައިގެން ފައިސާއާއި ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި ތިން މީހަކު ހައްޔަރުކޮށްފި
ވައްކަންކުރި ތިން މީހުން

ފިހާރައެއް ފަޅާލައިގެން ފައިސާއާއި ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި ތިން މީހަކު ހައްޔަރުކޮށްފި

1 hour ago - 09:48
Oct 18, 2024 - 09:49
Advertisement

މާވެޔޮ މަގު ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެމައްސަލައިގައި ހައްޔަރުކުރީ އިނގުރައިދޫ ދަނބުރުއްދޮށުގެ އިބްރާހީމް މުޙައްމަދު ރަޝީދު އާއި, ގދ.ވާދޫ ލިލީގެ މުޙައްމަދު ޞަބާޙު އާއި ގދ.ވާދޫ އަތަމާގެ އިހުސާން އިބްރާހީމް އެވެ. ފުލުހުން ބުނީ ތިން މީހުން ހައްޔަރުކުރީ އެސަރަހައްދުގެ ވީޑިއޯ ފުޓޭޖް ބަލައިގެން ކަމަށެވެ.

ވައްކަން ކޮށްފައިވާކަން ފާހަގަވީ ބުރާސްފަތިދުވަހު ފަތިހު ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އެފިހާރައަށް އެމީހުން ވަދެފައިވަނީ ދޮރު ހަލާކުކޮށްލައިގެންނެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް, ފިހާރައިން ވަގަށް ނެގިކަމަށް ބެލެވޭ ފައިސާއާއި ސިނގިރޭޓް ކާޓޫން ތަކެއް ހޯދާފައިވާ ކަމަށެވެ.

ކޯޓުން ވަނީ ވައްކަން ކުރި ތިން މީހުންގެ ތެރެއިން އިހުސާންގެ ބަންދަށް 30 ދުވަސް އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

Advertisement

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement