އެންމެ މޮޅު އެތްލީޓުންނަށް ދީމާ އާއި ޝައްފާން ހޮވައިފި
މިދިޔަ އަހަރުގެ އެންމެ މޮޅު އެތްލީޓުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި: ފޮޓޯ-ރައީސް އޮފީސް

އެންމެ މޮޅު އެތްލީޓުންނަށް ދީމާ އާއި ޝައްފާން ހޮވައިފި

2 hours ago - 09:22
Oct 18, 2024 - 09:23
Advertisement

މިދިޔަ އަހަރުގެ އެންމެ މޮޅު އެތްލީޓުންނަށް ޓޭބަލްޓް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުޙައްމަދު ޝައްފާން އިސްމާއީލް ހޮވައިފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި މިދިޔަ އަހަރުގެ ކުޅިވަރު އެވޯޑް ހަފްލާގައި ހޮވި އެންމެ މޮޅު އަންހެން އެތްލީޓް ދީމާއަކީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ކާމިޔާބު އެތްލީޓެވެ. މިދިޔަ އަހަރުވެސް އެވޯޑް ހޯދީ ދީމާއެވެ. މީގެއިތުރުން އެންމެ މޮޅު އަންހެން އެތްލީތަކީ ވެސް އަދި އެންމެ މޮޅު ޒުވާން އެތްލީޓަކީވެސް ދީމާ އެވެ. ޓީޓީގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމް ހޯދީ ޝައްފާނެވެ. މިދިޔަ އަހަރު އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ކާމިޔާބީގައި ދީމާއާއި ޝައްފާންގެ ދައުރު ބޮޑެވެ.

އެންމެ މޮޚު އަންހެން އެތްލީޓްގެ އެވޯޑްގައި ދީމާއާ ވާދަކުރީ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ އެވެ. ޝައްފާން މޮޅު އެތްލީޓްގެ އެވޯޑް ހޯދީ ބޮޑީބިލްޑިންގެ އެއްވަނަ އަޒްނީން ރަޝީދު އާއި ބެޑްމިންޓަން ޗެމްޕިއަން ނިބާލްއާ ވާދަކޮށެވެ. ނަބާހާއާއި ނިބާލް ވަނީ ވަނީ ބެޑްމިންޓަންގެ އެންމެ. މޮޅު އެތްލީޓުންނަށް ހޮވިފައެވެ. އަދި އަޒްނީން ވަނީ އެންމެ މޮޅު ބޮޑީބިލްޑަރުގެ އެވޯޑް ދިފާއުކޮށްފައެވެ.

މިދިޔަ އަހަރު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އީގަލްސްގެ އަހުމަޒު ރިޒުވާން (ރިޒޭ) އެވެ. އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއަކީ އާދަމް ނަސީމް (އެޑަމް) އެވެ. އަންހެން ކުޅުންތެރިއަކީ އައިޝަތު މާޖިދާ އެވެ.  އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއަކީ މިދިޔަ މަހު ކުޅުން ހުއްޓާލި ފާތިމަތު ރިޝްމާ އެވެ. އެންމެ މޮޅު ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިއަކީ އިސްމާއީލް ވިލްދާން އެވެ.

Advertisement

އެތްލެޓެކްސް އިން އެންމެ މޮޅު އެތްލީޓުންގެ އެވޯޑް ހޯދީ ހަސަން ސާއިދު އާއި އަހުނާ ނިޒާރު އެވެ.

އެންމެ މޮޅު ބޮޑީބޯޑަރަކީ އަލީ ޚުޝްރުވާން އެވެ. ފެތުމުން އެވޯޑް ގެންދިޔައީ މުހައްމަދު ރިހާން ރިހާމް އާއި މެރާލް އައިން ލަތީފް އެވެ. ސާފިންގެ އެންމެ މޮޅު އެތްލީޓުންނަކީ މިހާރު ގައުމީ ކޯޗު ހުސައިން އަރީފް އާއި މަރިޔަމް ރާހިލް ނަސީމް އެވެ. ޓެނިހުން އެވޯޑް ގެންދިޔައީ ނަބާ ނިޝާން އާއި އަބްދުالله ފާއިހް ފަޒީލް އެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ އެތްލެޓިކްސްގެ އަހުމަދު ފާއިލް އާއި ހޭންޑްބޯޅަ ކޯޗު ނަޝްފާ އާމިރާ އެވެ. އެންމެ ރަނގަޅު އެސޯސިއޭޝަނަކީ ހޭންޑްބޯޅަ މޯލްޑިވްސް އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement