ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު

ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

2 years ago - 20:40
Advertisement
Advertisement

އަންނަ އަހަރުގެ ރަމަޟާން މަހުން ގެށިގެން ކޮންމެ ރޯދަމަހެއްގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ މުހިންމު ވައުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement