ހައްޖަށް ގެންދަން ގުރުއަތުން ހޮވުނު ފަގީރުންގެ ހާލަތު އިތުރަށް ބަލާނަން- މިނިސްޓަރ ޝަހީމް
ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ގުރުނަގަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ހައްޖަށް ގެންދަން ގުރުއަތުން ހޮވުނު ފަގީރުންގެ ހާލަތު އިތުރަށް ބަލާނަން- މިނިސްޓަރ ޝަހީމް

2 months ago - 15:06
Mar 14, 2025 - 15:07
Advertisement
Advertisement

 

ހައްޖަށް ގެންދަން ގުރުއަތުން ހޮވުނު ފަގީރުންގެ ހާލަތު އިތުރަށް ބައްލަވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރޭގައި އެފަދަ ހާލަތުގައި ނެތް ބަޔަކު ހިމެނޭ ކަމަށް ބުނަމުންދާތީއެވެ.

ފަގީރު ހާލަތުގައި ނެތް ބަޔަކު ލިސްޓްގައި ހިމެނޭ ކަމަށް ބުނެ, ބައެއް ނަންތައްވެސް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ގެންދަނީ ދައުރުކުރަމުންނެވެ. މިނިސްޓަރ ޝަހީމް މިއަދު މީޑިޔާތަކަށް ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބެއްލެވުމަށް ފަހު ކަމަށެވެ. ގުރުއަތުން ހޮވުނު ފަރާތްތަކަކީ ފަޤީރުންގެ ޝަރުޠަށް ފެތޭ ބައެއްކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

" މިގޮތުން އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Advertisement

ކޮންމެ އަހަރަކުވެސް ސަރުކާރުގެ ޚަރަދުގައި ފަގީރުންގެ ލިސްޓުން 50 މީހުން ހައްޖަން ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުން ފުރަތަމަ ބެޗް މިދިޔަ އަހަރު ވަނީ ހައްޖަށް ގެންގޮސްފައެވެ. މިއަހަރު ހައްޖަށް ގެންދާ ފަރާތްތައް ވަނީ ގުރުއަތުން ހޮވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement