
ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރަންވެސް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި
75 ސްޓޭޝަން އަޅަން ވަނީ ހަވާލުކޮށްފަ
ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރަންވެސް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެގޮތުން ފުލުހުންގެ 75 މަރުކަޒެއް އަޅަން ހަވާލުކުރީ އެމްޓީސީސީ އާއި ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ 75 މަރުކަޒު ބިނާ ކުރަން ތިން ކުންފުޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއާއެކު 15 މަރުކަޒެއް އަޅަން ސޮއިކުރިއެވެ. އެންމެ ގިނަ މަރުކަޒު އަޅަން ހަވާލުކުރީ ފެނަކައށއެވެ. އެކުންފުންޏާއެކު 40 މަރުކަޒު އަޅަން ސޮއިކުރިއެވެ. އާރުޑީސީއާ ހަވާލުކުރީ 20 މަރުކަޒެވެ.
މަރުކަޒުތައް ނިންމާނެ ދުވަހެއް މިނިސްޓްރީން ވިދާޅެއް ނުވެއެވެ. ނަމަވެސް މިދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތްދޭ އަމިއްލަ މަރުކަޒުތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް ބިނާ ކުރަނީ, އެޚިދުމަތަކީ އެންމެހާ ރައްޔިތުންނަށް ގާތުން ފަސޭހަކަމާއެކު ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަސައްވަރަށް އަމަލީ ސިފަ ގެނައުމަށް ކަމަށެވެ.
ފުލުހުންގެ 75 އަހަރުވީ ދިގު ތާރީޚުގައި އެމުއައްސަސާގެ އަމިއްލަ ހުރީ އެންމެ 17 ސްޓޭޝަނެވެ.
ރާއްޖޭގެ 9 ރަށެއްގައި ޞިއްޚީ ޚިދުމަތްދޭ މަރުކަޒުތައް ބިނާކުރުމަށްވެސް ހަވަލުކުރީ އެމްޓީސީސީއާއި ފެނަކައިގެ އިތުރުން އާރުޑީސީއާއެވެ.
ރިއެކްޝަންސް






