އެންމެފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން އިއްބެ ކުރި ހޯއްދަވައިފި
ފުވައްމުލައްކު ދެކުނު ދާއިރާގެ ޕީ.ޕީ.އެމް ޕީ.އެންސީ ޕްރައިމަރީގައި އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުންވެސް އިއްބެ ކުރި ހޯއްދަވައިފި.
މިމަހު ތޭވީހުގައި ބާއްވާ ޕީ.ޕީ.އެމް ޕީ.އެން.ސީ ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި އެންމެ ފަހުންނެގި ޚިޔާލު ހޯދުމުގެ ވޯޓުންވެސް އިބްރާހީމް ޙުސައިން (އިއްބެ) ކުރި ހޯއްދަވައިފިއެވެ.
އިއްބެ ވަނީ މި ވޯޓުގެ %44 ހޯއްދަވާފައެވެ. އެއީ 374 ވޯޓެވެ.
އިއްބެއާ އެންމެ ގާތުން ވާދަކޮށްފައިވާ ޑރ. ފަޟީލް ނަޖީބަށް ލިބިވަޑައިގެންނެވީ ވޯޓުގެ %30 އިންސައްތައެވެ. އެއީ 254 މީހުންގެ ވޯޓެވެ.
ޕީ.އެން.ސީ ފުވައްމުލަކުގެ ފޭސްބުކް ޕޭޖުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ މި ވޯޓުގައި ޙިސާން %17 ލިބިވަޑައިގެންފައިވާއިރު ޒީނާޒްއަށް ލިބިވަޑައިގެންފައިވަނީ %6 ވޯޓެވެ.
ޚިޔާލު ހޯދުމުގެ މި ވޯޓު ކާމިޔާބު ކޮށްފައިވާ އިއްބެއަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ހުރިހާ އުމުރެއްގެ ރައްޔިތުންގެ މެދުގައިވެސް މަގުބޫލު ބޭފުޅެކެވެ.
އިއްބެ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައް މުޢިއްޒުގެ ސަރުކާރު ގެނައުމަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި އިސްދައުރެއް އަދާކުރައްވާފައެވެ.
ރިއެކްޝަންސް