
ޗެލްސީއާ ގުުޅުނުތާ 6 ދުވަސް ފަހުން ޕެޑްރޯ ޗެލްސީ ގޮވައިގެން ކްލަބް ވޯލްޑްކަޕް ފައިނަލަށް
ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުރީގެ ކްލަބް ފުލުމިނެންސްއާ ދެކޮޅަށް ދެކޮޅަށް ޔާއޮ ޕެޑްރޯ ދެ ގޯލްކާމިޔާބުކޮށް 2-0 ން ޗެލްސީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހު މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި 23 އަަހަރުގެ ބްރެޒިލްގެ ފޯވާޑް ޕެޑްރޯ އެޓީމް ފައިނަލަށް ގެންގޮސްދިންއިރު ބްރައިޓަންއިން އޭނާ ޗެލްސީއަށް ބަދަލުވިތާ އަދި ވީ އެންމެ ހަ ދުވަހެވެ.
މެޗުގެ ފުރަތަމަ ގޯލް އޭނާ ކާމިޔާބުކޮށްދިނީ 18 ވަނަ މިނިޓްގައެވެ. އެންޒޯ ފެނާންޑޭޒްގެ އެހީތެރިކަާއެކު 56 ވަނަ މިނިޓްގައި ޕެޑްރޯ ޖަހައިދިން ދެވަނަ ގޯލަކީވެސް އެހާމެ ހިތްގައިމު ގޯލެކެވެ.
ކުޅުންތެރިއަކަށް އޭނާ ހަދައިދިން ކްލަބާ ދެކޮޅަށް ކާމިޔާބުކުރި ދެ ގޯލާއެކުވެސް އޭނާވަނީ ދެއަތް ކުޑަކޮށް އުފުލާލާ ގޯލްސެލްބްރޭޓްކުރަން ބޭނުންނުވާ އިޝާރާތްކޮށްފައެވެ.
"އެމީހުން (ފުލުމިނީސް) އެއީ އަހަންނަށް ހުރިހާ އެއްޗެއް ދިން ބަޔަކީ. ދުނިޔެ އަހަންނަށް ދައްކައިދިނީ އެމީހުން. އަހަރެން މިއަދު މިތާ މިހުރީ އެމީހުން އަހަރެންގެ ހުނަރު ބަލައިގަތީމަ. އަހަރެން ބަލައިގަތީމަ. އަހަރެން އެކަމަށް ވަރަށް ޝުކުރުވެރިވަން. އެކަމަކު ޕްރޮފެޝަނަލްވާން އަހަރެން ޖެހޭނެ. އެމީހުންނަށްޓަކައި އަަހަރެން ހިތާމަކުރަން. އެކަމަކު މިއަދު އަހަރެންގެ ޒިންމާވެސް އަހަރެން އަދާކުރަންޖެހޭނެ" މެޗަށްފަހު ޕެޑްރޯ ބުނެފައި ވެއެވެެ.
ޕެޑްރޯ ޗެލްސީގެ ފުރަތަމަ މެޗު ކުުޅުނީ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ހުކުރުދުވަހު ބްރެޒިލްގެ ކްލަބް ޕަލްމެއިރާސް އާ ދެކޮޅަށެވެ. އޭރު އޭނާ ޗެލްސީއާއާކު ކުރިއަށް ގެންގޮސްފައިވަނީ މަދު ޓްރެއިނިންގް އެކެވެ. ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާ ޓީމް ފައިނަލަށް ގެންގޮސްދިނީ އޭގެ ހަތަރުދުވަސް ފަހުންނެވެ.
ރިއެކްޝަންސް






