ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ގދ. ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

6 months ago - 05:34
Feb 9, 2024 - 09:33

ގދ. ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އޭ.ޒެޑް.އެމް.ޒެޑާއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. 

އޭ.ޒެޑް.އެމް.ޒެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިފަރާތް ކަމަށްވާ އަޙްމަދު ނަދީމް ހަސަނެވެ.

ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް އޭ.ޒެޑް.އެމް.ޒެޑާއި ހަވާލުކުރީ އަށް ލައްކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ސައުވީސް ރުފިޔާ ތިރީސް ހަ ލާރިއަށެވެ.

ތިނަދޫގެ ޒޯން ސްޓޭޑިއަމް މަރާމާތުގެ މަސައްކަތްތައް 39 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މި 39 ދުވަހުގެ އިތުރުން މަސައްކަތުގެ ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް އޭ.ޒެޑް.އެމް.ޒެޑަށް އިތުރަަށް ލިބޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow