ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފި

ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފި

އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް އޮޓެކްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި

6 months ago - 05:30
Feb 9, 2024 - 09:29

އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތްކުރުމަށް އޮޓެކްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ.

އޮޓެކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަޙުމަދު ޔާފިއު ހުސައިން ހަބީބެވެ.

މިއީ 54 ދުވަސްތެރޭ ނިންމަން ޖެހޭ ގޮތަށް ހަވާލު ކުރި މަސައްކަތެކެވެ. 

މި މަސައްކަތުގެ އަގަކީ ދެ މިލިޔަން އަށް ލައްކަ ނުވަދިހަ ނުވަހާސް ހަތްސަތޭކަ ހަތްދިހަ ހަތް ރުފިޔާ އަށްޑިހަ ލާރި ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow