ސިވިލްސަރ ސަރވިސް ކިމޮޝަންގެ ރައީސް ނާސިހު އަލުން މެންބަރު ކަމަށް ކުރިމަތިލައްވައިފި
ސިވިލް ސަރވިސް ކޮމިޝަންގެ ރިޔާސަތުގައި ނާސިހު

ސިވިލްސަރ ސަރވިސް ކިމޮޝަންގެ ރައީސް ނާސިހު އަލުން މެންބަރު ކަމަށް ކުރިމަތިލައްވައިފި

8 months ago - 11:14
Aug 18, 2025 - 11:14
Advertisement
Advertisement

ސިވިލްސަރ ސަރވިސް ކިމޮޝަންގެ ރައީސް މުޙައްމަދު ނާސިހު އަލުން މެންބަރު ކަމަށް ކުރިމަތިލައްވައިފިއެވެ.

އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ތިން މެންބަރެއްގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގައި ނާސިހު ވަނީ ކުރިމަތިލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީވެސް ނާސިހުގެ ނަމެވެ. މެންބަރު ކަމުގެ ދައުރު ހަމަވާ ތިން ބޭފުޅުންގެ ތެރޭގައި ނާސިހު ހިމެނިވަޑައިގަންނަވައެވެ.

ނާސިހުގެ އިތުރުން ރައީސުލްޖުމްހީރިއްޔާ މަޖިލިހަށް ހުށަހެޅުއްވި ނަންތަކަކީ ޑރ.ޙުސައިން ފާއިޒު އާއި ޑރ.ދީބާ މޫސާ އާއި އަލްއުސްތާޛާ ބަދުރިއްޔާ މޫސާ އާއި ޑރ.ފާތިމަތު މުނާގެ އިތުރުން އުއްމު ސ.މަރަދޫ މޫންލައިޓް ހައުސް ކުލްސޫމްގެ ނަމެވެ.

މީގެތެރެއިން ފާއިޒު އަކީ ސްޕްރީމް ކޯޓްގެ ކުރީގެ ސެކެޓްރީ ޖެނެރަލް އެވެ. މުނާއަކީ ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އެވެ. ނާސިހު އަކީ 2020 ވަނަ އަހަރުން ފެށިގެން ކޮމިޝަންގެ މެންބަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement