ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ޖޫން މަހުގެ 2 ވަނަ ދުވަހު ނައްތައިލާފައިވަނީ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރު ަކމަށެވެ.
އަދި މި ތަކެއްޗަކީ 2023 އިން މި އަހަރުގެ މިހާތަނަށް ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށެވެ.
ރިއެކްޝަންސް





