ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓުކަރުދާސް ޗާޕުކޮށް ނިމިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓުކަރުދާސް ޗާޕުކޮށް ނިމިއްޖެ

7 hours ago - 14:05

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ބޭނުންވާ ވޯޓުކަރުދާސް ޗާޕުކޮށް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި ވޯޓުކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ.


އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ޞަލާހް ރަޝީދު ވިދާޅުވީ، މި އިންތިޚާބަށް އެ ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހަމަޖެހި، ޖުމްލަ 4,154 ވޯޓު ކަރުދާސް މިހާރު ވަނީ ޗާޕުކޮށް ނިންމާފައެވެ.


މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިޚާބަށް ޖުމްލަ 7 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ. އެއީ މާލޭގައި ބަހައްޓާ 2 ފޮއްޓާއި، އައްޑޫ ސިޓީގައި ބަހައްޓާ 5 ފޮއްޓެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މިހާރު ވަނީ ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ސޮއިކޮށް ނިންމާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާ އޮތުމުން ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކުރި ޙުކުމާ ގުޅިގެންނެވެ.


މި ގޮނޑިއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޢަބްދުﷲ ޞާދިޤެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow