އިންތިޚާބުގެ އޮބްޒާވަރުންނަށްވުމުގެ މުއްދަތު އިތުރުކޮށްފި

އިންތިޚާބުގެ އޮބްޒާވަރުންނަށްވުމުގެ މުއްދަތު އިތުރުކޮށްފި

2 hours ago - 14:49

އަންނަ އަހަރުގެ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މުއްދަތު އިތުރުކުރުމަށް ނިންމީ ސިޔާސީ ޕާޓީތަކުން އެކަމަށް އެދި ހުށަހަޅާފައިވާތީއެވެ. މި ނިންމުމާއެކު، އިންތިޚާބުތަކުގެ ކަންކަން އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތެއް މިވަނީ ލިބިފައެވެ.


އީސީން ބުނެފައިވަނީ އޮބްޒާވަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ އާ މުއްދަތަކީ 14 މާޗް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން، 15 މާޗް 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށެވެ.

އަންނަ އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިޚާބުތަކުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow