ވިނަރެސް ފްލެޓްތަކާ ގުޅޭ ސްކޭމް ލިންކެއް. ސަމާލުވޭ!

ވިނަރެސް ފްލެޓްތަކާ ގުޅޭ ސްކޭމް ލިންކެއް. ސަމާލުވޭ!

މި ލިންކު މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވޭ

1 month ago - 15:52
Advertisement

ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރެވޭނެ ކަމަށްބުނެ ސްކޭމް ލިންކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

މިކަމަށް ސަމާލުވުމަށް އެދި ފުލުހުން އާންމުކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗް.ޑީ.ސީން ހުޅުވާލާފައިވާ ކަމަށާއި އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމެނޭހެން ފޮނުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ލިންކު މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެކި ނަންނަމުގައި ފޭކް އެކައުންޓާއި ސްކޭމްގެ އެކިއެކި ލިންކްތައް ފޮނުވައިގެން ފައިސާ ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement