ސާކްގެ ސެކެޓްރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި
ސާކްގެ ސެކެޓްރީ ޖެނެރަލް ރާައްޖެ ވަޑައިގަތުން

ސާކްގެ ސެކެޓްރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ.މުއިއްޒުއާ ބައްދަލުކުރައްވާނެ

1 month ago - 18:47
Advertisement

ސާކްގެ ސެކެޓްރީ ޖެނެރަލް އެމްޑީ ގޮލަމް ސަރުވާރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ސެކެޓްރީ ޖެނެރަލްގެ މިދަތުރުފުޅަކީ ތަޢާރަފްވުމުގެ ދަތުރުފުޅެއް ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަގާމަށް އައްޔަން ކުރެއްވި ސަރުވާރަކީ ސާކްގެ 15 ވަނަ ސެކެޓްރީ ޖެނެރަލް އެވެ. އޭނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ފޮރިންގ މިނިސްޓަރ މޫސާ ޒަމީރާވެސް ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ސެކެޓްރީ ޖެނެރަލްގެ މިދަތުރުގައި ފޮރިންގ ސެކެޓްރީ ފާތިމަތު އިނާޔާއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށްފަހު ސެކެޓްރީ ޖެނެރަލް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement