ފްލެޓްގެ ކުލި ނުދައްކާ, ކުއްޔަށް ދޭނަމަ އަތުލާނެކަން ހަނދާންކޮށްދީފި
އިމާރާތަށް ބަދަލު ގެންނަ ނަމަވެސް އަތުލާނެ
ފްލެޓްގެ ކުލި ނުދައްކާ, ކުއްޔަށް ދޭނަމަ އަތުލާނެކަން ހަނދާންކޮށްދީފި އެވެ.
ގެދޮރުވެރިކަމާއި ބިނާރާ އުމްރާނީ ތަރައްޤީއާ ބެވޭ ވުޒާރާއިން މިރޭ ޢާއްމުކުރި ބަޔާނެްގައި ބުނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއިރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށް, ދޫކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކަނޑަޅިފައިވާ ކުލި ނުދައްކާނަމަ އަދި ކުއްޔަށް ދޭނަމަވެސް އެއްބަސްވުމުގައިބވާ ގޮތަށް އަމަލުކުރާނެ ކަމަށެވެ. އެއްބަސްވުމުގައި ކަނޑައެޅިފައިވާ ބޭނުން ނޫން ބޭނުމަކަށް ޔުނިޓްތައް ބޭނުންކޮށް, އަދި ޔުނިޓަށް ޤަވާއިދާ ހިލާފަށް ބަދަލު ގެންނަ ނަމަވެސް އެއްބަސްވުމުގައި ބަޔާންކުރާ ފިޔަވަޅު އަޅާނެކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެއްބަސްވުމުގައިވާ ފިޔަވަޅަކީ އެފަދަ ފަރާތްތަކުގެ އަތުން ހައުސިންގ ޔުނިޓް އަތުލުމެވެ.
މިނިސްޓްރީން ވަނީ މިސަރުކާރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ވައުދާ އެއްގޮތަށް މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ %20 މާފްކޮށްދެއްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ގަވާއިދުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްތަކުގެ ވެރި ފަރާތްތަކަށް އަންގާފައިވާކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ރިއެކްޝަންސް