އޮލިމްޕިކްސްގެ ރަން މެޑެއްޔާއެކު ޖޮކޮވިޗްގެ ޓެނިސް ކެރިއަރު ފުރިހަމަކޮށްފި
ފައިނަލް މެޗު ކާމިޔާބުކުރުމަށްފަހު ޖޮކޮވިޗް: ފޮޓޯ-އޭޕީ

އޮލިމްޕިކްސްގެ ރަން މެޑެއްޔާއެކު ޖޮކޮވިޗްގެ ޓެނިސް ކެރިއަރު ފުރިހަމަކޮށްފި

24 ގްރޭންޑް ސްލޭމް ކާމިޔާބުކުރި

1 month ago - 21:56

އޮލިމްޕިކްސްގެ ރަން މެޑެއްޔާއެކު ނޮވަކް ޖޮކޮވިޗް އޭނާގެ ޓެނިސް ކެރިއަރު 'ފުރިހަމަ' ކޮށްފިއެވެ. އަނިޔާއަކާއެކު ސެމީފައިަލް ކުޅެ, ފައިނަލަށް ދަތުރުކޮށް, ޖޮކޮވިޗް ރަން މެޑަލް ހޯދީ ކާލޯސް އަލްކަރާޒް ބަލިކޮށްގެންނެވެ.

ސާބިއާގެ ޖޮކޮވިޗް ފައިނަލް މެޗުގެ ސެޓްތައް ގެންދިޔައީ 7-6, 7-6 ނެވެ. 37 އަހަރުގައި އޮލިމްޕިކްސް ރަން މެޑަލް ލިބުމާއެކު އޭނާގެ ޓެނިސް ކެރިއަރު ފުރިހަމަ ވީއެވެ. މިހާތަނަށް އޭނާއަށް ހާސިލް ނުކުރެވި އޮތް ކާމިޔާބީއަކީ މިއީއެވެ. ޖޮކޮވިޗް ބުނީ އޮލިމްޕިކްސް ރަން މެޑަލް ހޯދުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް, ހުރިހާ ހިތްވަރެއް ލިކަމަށެވެ. 

24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ ރެކޯޑް ހަދާފައެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގަ އެންމެ ގިނަ ދުވަހު ދެމިހުރި ކުޅުންތެރިއަކީ ވެސް ޖޮކޮވިޗް އެވެ. އެހެން ކުޅުންތެރިއަކަށް ފުރުޞަތު ނުދީ ރޭންކިންގ އެއްވަނައިގައި 428 ހަފްތާ ވަންދެން އޭނާ ހުއްޓެވެ. ޓެނިސް ކެރިއަރުގައި ޖޮކޮވިޗް ވަނީ އޮސްޓްރޭލިޔަން އޯޕަން 10 ފަހަރު, ވިމްބަލްޑަން 7 ފަހަރު, ޔޫއެސް އޯޕަން 4 ފަހަރު, އޭޓީޕީ ފައިނަލް 7 ފަހަރު, ހޯދާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow