ހާލަންޑްގެ ދެ ގޯލާއެކު ފުރަތަމަ މެޗުން މެންޗެސްޓަރ ސިޓީއަށް ބޮޑު މޮޅެއް
ހާލަންޑް ސިޓީއަށް ގޯލް ކާމިޔާބުކޮށްދިނުމަށްފަހު. ފޮޓޯ: މެންޗެސްޓަރ ސިޓީ

ހާލަންޑްގެ ދެ ގޯލާއެކު ފުރަތަމަ މެޗުން މެންޗެސްޓަރ ސިޓީއަށް ބޮޑު މޮޅެއް

3 hours ago - 00:00
Aug 17, 2025 - 00:03

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަންގެ ފުރަތަމަ މެޗުން މެންޗެސްޓަރ ސިޓީ ތަފާތު ބޮޑުކޮށް ވުލްވުސް އަތުން މޮޅުވެއްޖެއެވެ. 4-0 ން ސިޓީ މެޗު ކާމިޔާބު ކުރިއިރު އާލިން ހާލަންޑް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ސިޓީއަށް ލީޑު ނަގައިދިނީ ރިކޯ ލެވިސް ތަނަވަސްކޮށްދިން ފުރުޞަތުގައި ހާލަންޑްއެވެ. ސިޓީންވަނީ އޭގެ ދެ މިނިޓް ފަހުން ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ސިޓީޖގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ތިޖާނީ ރެއިންޑާސް އެވެ. އޭނާވަނީ 61 ވަނަ މިނިޓްގައި ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނުމަށް ހާލަންޑް އަށް ފުރުޞަތު ތަނަވަސްކޮށްދީފައެވެ. 

ސިޓީގެ ފަހު ގޯލް 81 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރާޔަން ޗާކީ އެވެ. 

މެޗުގައި މިސީޒަނަށް އަލަށް ސިޓީ އާ ގުޅުނު ރެއިންޑާސްގެ އަދި ޗާކީގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow