ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް: ލީގު ބުރުން ރާއްޖެ އަށް ދެވަނަ
އެއްވަނަ ހޯދީ ކިރްގިސްތާން
ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލީގު ބުރުން ރާއްޖެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ހަތަރު ޓީމް ވާދަކުރާ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗު ރާއްޖެއިން ކާމިޔާބުކޮށްފައި ވަނިކޮށް, ތިންވަނަ ސެޓްގައި ކިރުގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ތިން މެޗުންވެސް މޮޅުވެ ލީގު ބުރުގެ އެއްވަނަ ހޯދީ ކިރްގިސްތާނެވެ. މެޗުން ރާއްޖެ ތިން ސެޓްގައި ބަލިވިޔަސް މޮޅަށް ކުޅެ, ވާން ކުރިއެވެ. ފުރަތަމަ ސެޓް ގެއްލުނީ 31-29 ނެވެ. ދެވަނަ ސެޓް ފަސޭހައިން ކިރްގިސްތާން ގެންދިޔައީ 25-16 ނެވެ. ވާންކުރި ތިންވަނަ ސެޓްގައި ރާއްޖެ ބަލިވީ 25-23 ނެވެ. ތިންވަނަ ސެޓްގައި 32-22 ން ރާއްޖެއިން ލީޑްވެސް ނެގިއެވެ. އެކަމަކު ސެޓް ނިންމާނުލެވުނެވެ.
ރާއްޖެ ފުރަތަމަ ދެ މެޗުގައި ތަޖަކިސްތާނާއި, އަފްޣާނިސްތާން ބަލިކުރިއެވެ. އަފްޣާނިސްތާން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ތަޖަކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ. ސެމީފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ ތިންވަނަ ހޯދި ތަޖަކިސްތާނާއެވެ. ކިރުގިސްތާނު ސެމީފައިނަލްގައި ވާދަކުރާނީ އަފްޣާނިސްތާނާއެވެ.
ރިއެކްޝަންސް