ޖޭއެސްސީ އަށް ފަރުހާދު, އެޗްއާރުސީއެމް އަށް ހަބީބު އަންޔަން ކޮށްފި
ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ރައީސް ފަރުހާދަށް ދެއްވަނީ: ފޮަޓޯ-ރައީސް އޮފީސް

ޖޭއެސްސީ އަށް ފަރުހާދު, އެޗްއާރުސީއެމް އަށް ހަބީބު އަންޔަން ކޮށްފި

2 months ago - 09:07
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޛު ފަރުހާދު ރަޝީދު އަދި ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އައްޔަން ކުރައްވައިފި އެވެ.

ފަރުހާދު ރަޝީދު ޖޭއެސްސީ އަށް އައްޔަން ކުރެއްވީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އަލްއުސްތާޛު ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

Advertisement
Advertisement

ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

‎ހަބީބަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ދެބޭފުޅުންނަށް ވެސް މަޤާމްގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ދެއްވީ އާދިއްދަ ދުވަހުއެވެ. ދެބޭފުޅުންވެސް ވަނީ މަގާމާ ހަވާލުވެވަޑާއިގަތުމުގެ ކުރިން މަގާމްގެ ހުވާ ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement