8000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯރޓް ކޮށްފިން- ރައީސް
ރާއްޖޭގައި މަސައްކަތްކުރާ ބުދޭސީންގެ ސައްހަ އަދަދުވެސް ނޭންގޭ: ފޮޓޯ-އިމިގްރޭޝަން

8000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯރޓް ކޮށްފިން- ރައީސް

178،982 ބިދޭސީއެއްގެ މަޢުލޫމާތު ވަނީ ހޯދާފައި

3 hours ago - 06:37
Sep 21, 2025 - 06:38
Advertisement
Advertisement

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި 8000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯރޓް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ.ނިލަންދޫގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާތަނަށް އެކަމަށް ޙައްލެއް ހޯދުމަށް މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިއަދު ގައުމީ ފެންވަރުގެ ބޮޑު މަޝްރޫއެއް ފައްޓަވާނެކަންވެސް ރައީސް އިއުލާނުކުރެއްވިއެވެ. އެ އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ކުރައްވާނީ ބޮޑަތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement