
މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ހިފުޠްކޮށް ތަރާވީހް ނަމާދު ކުރާނެ: މިނިސްޓްރީ
ގިނަ މިސްކިތްތަކުގައި އިމާމުންނަށް ތިބޭނީ ޒުވާން ހާފިޠުން
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިގޮތުން މާލޭގެ 16 މިސްކިތެއްގައި، ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ހިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)/ މާލެ
- މަސްޖިދު މަލިކި ސަލްމާން/ މާލެ
- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)/ މާލެ
- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް)/ މާލެ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)/ މާލެ
- މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)/ މާލެ
- މަސްޖިދު ޞަލާޙުއްދީން/ މާލެ
- މަސްޖިދުލް ފުރުޤާން/ މާލެ
- މަސްޖިދުއްނޫރު/ މާލެ
- މަސްޖިދު އިބްރާހީމް/ މާލެ
- މަސްޖިދުއް ޝަހީދު ޢަލީ/ މާލެ
- މަސްޖިދު އިސްކަންދަރު/ މާލެ
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)/ މާލެ
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)/ މާލެ
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)/ މާލެ
- މަސްޖިދުއް ޛިކުރާ/ މާލެ
- މަސްޖިދުލް އިޚްލާޞް/ ވިލިމާލެ
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް)/ ހުޅުމާލެ ފޭސް 1
- މަސްޖިދު ޢަޒީޒާ މޫސާ / ހުޅުމާލެ ފޭސް 1
- މަސްޖިދުލް ވާލިދައިނި / ހުޅުމާލެ ފޭސް 1
- މަސްޖިދުލް ވާލިދައިނި / ހުޅުމާލެ ފޭސް 1
- މަސްޖިދުލް ވާލިދައިނި / ހުޅުމާލެ ފޭސް 1
- މަސްޖިދު ޙަސަން އާދަމް / ހުޅުމާލެ ފޭސް 2
- މަސްޖިދު ޙަސަން އާދަމް / ހުޅުމާލެ ފޭސް 2
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ ރަމަޟާން މަހު ގިނަ މިސްކިތްތަކެއްގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނީ ވަރަށް ޒުވާން ޙާފިޡުން ކަމަށާއި، މީގެ ތެރޭގައި މަޝްހޫރު މިސްކިތްތަކާއި، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތައް ހިމެނޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ވެގެންދަނީ އަޅުކަމުގެ މަހަކަށެވެ. ވަރަށް ގިނަބަޔަކު ތަރާވީޙް ނަމާދަށާއި އަދި ދަމުނަމާދަށް ޖަމާއަތަށް މިސްކިތައްދާ މަހަކަށެވެ.
އިސްލާމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. މިހެންކަމުން ރަމަޟާން މަހުގެ ހަނދު މިރޭ ހަނދު ސާބިތުވެއްޖެ ނަމަ ތަރާވީހް ނަމާދުކުރުން މިރޭ އޮންނާނެއެވެ.
ރިއެކްޝަންސް






