ކޭތަ ހިފުމަކީ اللهގެ މަގަށް އެނބުރި ރުޖޫޢަވުމަށް ދޭ އިންޒާރެއް- ޚުޠުބާ
ރޭ ހަނދުކޭތަ ހިފާފަ: ފޮޓޯ-އަބްދުالله އަބީދު

ކޭތަ ހިފުމަކީ اللهގެ މަގަށް އެނބުރި ރުޖޫޢަވުމަށް ދޭ އިންޒާރެއް- ޚުޠުބާ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރި

8 hours ago - 06:27
Sep 8, 2025 - 06:27
Advertisement
Advertisement

ކޭތަ ހިފުމަކީ اللهގެ މަގަށް އެނބުރި ރުޖޫޢަވުމަށް ދޭ އިންޒާރެއްކަމަށް ކޭތަ ނަމާދުގެ ޚުޠުބާގައި ބުނެފިއެވެ.

ރޭ ހަނދުކޭތަ ހިފުމާ ގުޅިގެން ކުރި ކޭތަ ނަމާދުގެ ޚުޠުބާގައި ބުނީ އިރާ ހަނދަކީ الله ސުބުހާނަހޫ ވަތައާލާ އިންސާނުންގެ ޚިދުމަތުގައި ލައްވާފައިވާ ދޭތި ކަމަށާއި, އެއީ ވަގުތުތަކާއި, މޫސުމާއި, އަހަރުތައް ދެނެގަތުމަށްޓަކައި ކަމަށެވެ. އިރާ ހަނދު ދައުރުވަނީ މާތް الله ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީންކަން ފާހަގަކޮށް ހުތުބާގައި ބުނީ އިރާއި ހަނދަކީ الله ކުޅަދުންވަންތަކަން ހާމަކޮށްދޭ ދަލީލުތަކެއް ކަމަށެވެ. އަދި އެކަލާނގެ ޢިލްމްފުޅުގެ ފުރިހަމަކަމާއި މަތިވެރިކަން ކަމަށާއި, އެއީ އެކަލާނގެ އޯގާވަންތަކަމާއި ގަދަ ކީރިތިވަންތަކަން ކަމަށެވެ.

ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކަކާ ހެދި ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ ކޭތަހިފަނީ މީސްތަކުންގެ ކުށް ފާފަތަކާއި, އުރެދުންތައް ގިނަމުމުގެ ސަބަބުން, الله ގެ ހަޟްރަތަށް އެމީހުން އެނބުރި ރުޖޫއަވުމަށް ކުރެވޭ އިންޒާރެއްގެވެސް ގޮތަށް ކަމަށެވެ. "ދުނިޔޭގެ އެދުންތަކަށް ހެއްލި, އާޚިރަތާމެދު ފަރުވާކުޑަކޮށް, ދުންޔަވީ އުފާތަކާއި, އަރާމްތަކުގެ ތެރެއަށް ގެނބުމުގެ ސަބަބުންވެސްމެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވަނީ ކައުނު ފަސާދަވެ, ދުނިޔެ ޚަރާބުވަނީ ތަފާތު ކުށްތައް ގިނަވުމުގެ ސަބަބުން ކަމެވެ.

Advertisement
Advertisement

ކޭތަހިފުމަކީ الله އިރާއި ހަނދަށް މިންވަރުކުރައްވާފައިވާ ދައުރުވުމެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށާއި, އެއީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަންވެގެން ވާކަމެއް ނޫންކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އެއީ އެކަލާނގެ އަޅުންތަކުންނަށް އިންޒާރު ދެއްވުމަށް ހަމަޖައްސަވާފައިވާ ނިޒާމެއް ކަމަށާއި, ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އިރުކޭތައެއް ހިފިކަންވެސް ފާހަގަކުރިއެވެ.

"ގިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި, ހަނދުކޭތަ ހިފުމަކާއި, ގުރަހަތައް ވެރި, ބުރައިގެންދާ ދިއުމަކުން. އެހެންކަމުން ކޭތަހިފުން ފަދަ ކަންތައްތަކަކީ اللهގެ މަތީން ހަނދުމަކުރުން އިތުރުކުރުމަށް މާތްالله މިންވަރުކުރައްވާފައިވާ ކަންތައްތަކެއް." ހުތުބާގައި ބުނެފައި ވެއެވެ.

ރާއްޖޭގެ މީހުން ދިރިއުލޭ ހުރިހާ ރަށެއްގައި ރޭ ކޭތަ ނަމާދު ކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement