ފްލެޓް ލިބޭ 3000 އަށްވުރެ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ފްލެޓް އެއްބަސްވުމުގައި ސޮއިކުރަނީ

ފްލެޓް ލިބޭ 3000 އަށްވުރެ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ޑޮޕޮސިޓް ފައިސާ ދައްކަން އަންގަން ފަށައިފި

5 hours ago - 19:46
Sep 7, 2025 - 19:47
Advertisement
Advertisement

ފްލެޓް ލިބޭ 3000 އަށްވުރެ މީހުންނާއެކު އެއްބަސްވުމުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފި އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން މިއަދު ޢާއްމުކުރި ހިސާބުތައް ދައްކާގޮތުން 3022 މީހުންނާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ސޮއިކުރުމަށް ތާވަލްކުރި މީހުންގެ އަދަދު 3088 އަށް އަރައެވެ. ތާޗަލްކޮށް ސޮއި ނުކުރެވި ވަނީ 56 މީހަކާ އެކުއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރީ 4000 ފްލެޓެވެ. ސޮއިކޮށް ނިމުމަކާ ހަމައަށްދާއިރު ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ވަނީ ޑިޕޮސިޓް ދައްކަން އަންގަން ފަށާފައެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ކަނޑައަޅާފައިވާ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ 3 ކޮޓަރީގެ ފްލެޓަށް 25000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަށް 15000 ރުފިޔާ އެވެ. މިމަހު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކުގައި މިހާރު ކުރަމުން ދަނީ ފިނިޝިންގެވެސް އެންމެ ފަހު މަސައްކަތްތަކެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކި އަސާސީ ޚިދުމަތްތައް ފްލެޓް ލިބޭ ފަރާތުގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ސޮއިކުރާ ސަރަހައްދުން ހަމަޖެހެއެވެ. އެއިންތިޒާމްތައް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement