މިދިޔަ އަހަރު ޓިނު ބަދަލުކޮށްފައިވަނިކޮށް, އިސްލާމީ މަރުކަޒަށް ވާރޭ ވެހިއްޖެ
ިއިސްލާމީ މަރުކަޒަށް މިރޭ ވަނީ ވާރޭވެހިފަ

މިދިޔަ އަހަރު ޓިނު ބަދަލުކޮށްފައިވަނިކޮށް, އިސްލާމީ މަރުކަޒަށް ވާރޭ ވެހިއްޖެ

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

9 months ago - 21:40
Jul 10, 2025 - 21:40
Advertisement
Advertisement

މިދިޔަ އަހަރު ޓިނު ބަދަލުކޮށްފައިވަނިކޮށް, އިސްލާމީ މަރުކަޒަށް ވާރޭ ވެހިއްޖެއެވެ. މިއަދު މެންދުރުފަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި އިސްލާމީ މަރުކަޒަށް ވާރޭ ވެހި އެކަން ހައްލުކުރުމަށް ގުޅުންހުރި މުއައްސަސާތަކުގެ ޓީމްތައް ހަރަކާތްތެރިވަމުދާކަން ސަމާލުކަމަށް ގެންނެވީ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރ ޝަހީމް މިރޭ މީޑިޔާއަށް ވިދާޅުވީ މިރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަވާ ކަމަށެވެ. މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މި ދިޔަ އަހަރު ކަމަށެވެ. މަރުކަޒުގައި ޖެހީ އެސްޓީއޯގެ ޓިނެވެ. އަދި އެމަސައްކަތްކުރީ އެމްޓީސީސީ އިންނެވެ. އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" 40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement