އިޒްރާއިލްގެ ޕްލޭނަކީ ޣައްޒާ 'ކޮންސެންޓްރޭޝަން ކޭމްޕް' އަކަށް ހެދުންކަމަށް އިޒްރާއިލްގެ ނޫސްވެރިއަކު ސިފަކޮށްފި
ރަފަޙްގައި ފަލަޞްޠީނުގެ ރައްޔިތުން ދިރިއުޅޭ ޓެންޓްތަކެއް. އިޒްރާއިލްއިން އަންނަނީ އިތުރު 40,000 ޓެންޓް ޖެހުމަށް ތައްޔާރުވަމުން. ފޮޓޯ: އޭޕީ

އިޒްރާއިލްގެ ޕްލޭނަކީ ޣައްޒާ 'ކޮންސެންޓްރޭޝަން ކޭމްޕް' އަކަށް ހެދުންކަމަށް އިޒްރާއިލްގެ ނޫސްވެރިއަކު ސިފަކޮށްފި

1 day ago - 21:46
Jul 10, 2025 - 21:54

އިޒްރާއިލްއިން ޣައްޒާގައި މިހާރު ކުރަންއުޅޭ ކަމަކީ "ކޮންސެންޓްރޭޝަން ކޭމްޕެއް" ހެދުން ނޫން އެހެން ކަމެއްނޫކަމަށް އިޒްރާއިލްގެ ނޫސްވެރިޔާ ގިޑިއޮން ލެވީ ބުނެފިއެވެ. ޣައްޒާގެ މުޅި އާބާދީ ދެކުނު ރަފަޙްއަށް ޖެއްސުމަށް އިޒްރާއިލްއިން ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާ އިޒްރާއިލްގެ އާންމުންގެ މެދުގައިވެސް މާބޮޑު ދެކޮޅެވެރިކަމެއް ނެތްކަމަށާއި, ނަމަވެސް އެއީ އދ ގެ މިންގަންޑުން ނަމަ ކޮސެންޓްރޭޝަން ކޭމްޕެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއީ އެނޫން އިތުރު ގޮތަކަށް ކުރަން އުޅޭކަމެއް ބުނެ ނުދެވޭނެ. ޔަހޫދީ ދައުލަތުގެ ދަށުން ހޮލޮކާސްޓްގެ އަޅިތަކުން ކޮންސެންޓްރޭޝަން ކޭމްޕެއް ހެދުން އެއީ" ނާޒީ ދައުލަތުގެ ދަށުން  ޔަހޫދީން ބޭތިއްބުމަށް ހެދި ކޮންސެންޓްރޭޝަން ކޭމްޕްތަކާ ގުޅުވާ އިޒްރާއިލްގެ ނޫހެއްކަމަށްވާ ހާޓޭޒްގެ ކޮލަމިސްޓް ލެވީ ބުނެފައިވާކަމަށް އަލް ޖަޒީރާއިން ބުނެފައި ވެއެވެ. 

އޭނާ ބުނިކަމަށް އެނޫހުގައި ބުނެފައި ވަނީ އިޒްރާއިލްގެ ގިނަ މީހުން ޤަބޫލުކުރާގޮތުގައި ޣައްޒާގައި މިހާރު ހަމައެކަނި ދިރިތިބި މީހުންނަކީ އެތާގައި ތިބި އިޒްރާއިލްގެ ރަހީނުންނެވެ. ދެންތިބި ބަޔަކަށް އެމީހުންގެ ޝައުގުވެސް ނެތްކަމަށާއި, އެމީހުންގެ ދިރުހުރުންވެސް އިޒްރާއިލްގެ މީހުންނަށް މުހިއްމު ނޫންކަމަށެވެ. އަދި އެމީހުންގެ ޤަބޫލުކުރުމާމެދު އެމީހުން ލަދު ނުގަންނަ ކަމަށާއި, އެކަމާ އެމީހުން ދެރަވެސް ނުވާކަމުގައި އިޒްރާއިލްގެ ރައްޔިތުންނާ ބެހޭ ގޮތުން ލެވީ ބުނެފައި ވެއެވެ.

Advertisement
Advertisement

އޭނާ އިތުރަށް ބުނީ "މެދުއިރުމަތީގެ ރިވޭރިއާ" ގެ ގޮތުގައި ޣައްޒާގެ ރައްޔިތުން އެހެން ތަނަަކަށް ބަދަލުކުރުމުގެ ހިޔާލަކީ ޓްރަމްޕް އުފަންކުރި ހިޔާލެއް ކަމަށާއި, އެކަން ކޮންމެގޮތަކުންވިއަސް ހާސިލްކުރަން އޭނާ ބޭނުންވާ ކަމަށެވެ.

އެމެރިކާގެ ޕްލޭނާ އެއްގޮތަށް ކަންކުރާނެ ކަމުގެ ޔަގީންކަން މީގެ ކުރިން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖްމިން ނަތަންޔާހޫ ވަނީ ދީފައެވެ. 

މިހާރު އެކުލަވާލާފައިވާ ދެކުނަށް ޣައްޒާގެ ރައްޔިތުން އެއްކޮށް ޖަމާކުރުމުގެ އަމާޒަށް ވާސިލްވުމަށް އިޒްރާއިލް އިންވަނީ މެދުތެރޭގެ އެހީ ބަހާ ޕޮއިންޓް ބަންދުކޮށް ދެކުނުގައި ހުރި ތަންތަނަށް އެހީ ހޯދަން ދިއުމަށް މަޖުބޫރުކޮށްފައެވެ. އަދި އިޒްރާއިލްގެ ބޮޑުވަޒީރު ވަނީ ދެކުނަށް ދާ މީހަކަށް އަނބުރާ އައިިކޮޅަށް ދިއުމުގެފުރުޞަތު ނުދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow