ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި އަލިފާނުގެ ހާދިސާއެއް, އެސަރަހައްދަން ނުދާން ފުލުހުންގެ އިލްތިމާސްއެއް!
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ-ފުލުހުން

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި އަލިފާނުގެ ހާދިސާއެއް, އެސަރަހައްދަން ނުދާން ފުލުހުންގެ އިލްތިމާސްއެއް!

1 day ago - 21:33
Jul 10, 2025 - 21:33
Advertisement
Advertisement

ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ޒޯންގައި އަލިފާނުގެ ހާދިސާއެއް ހިނގާ ދުން ބޯވެފައިވާތީ, އެސަރަހައްދަން ޢާއްމުން ނުދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. 

އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ދަށްވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާ ފުލުހުން އިލްތިމާސްކުރެއްވީ ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށެވެ. އަދި އެ ސަރަހައްދަށް ދާންޖެހިއްޖެ ނަމަވެސް މަގު ބޭނުންކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.  

އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލެއްޕުމަށާއި, ބޭރަށް ނިކުންނަން ޖެހިއްޖެނަމަވެސް މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ އެޚިދުމަތުން އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން, ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މަސައްކަތްތަކެއް ކުރަމުންދށކަމަށެވެ. އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement