ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ
ގެއްލުނީ ގައްދޫން ފުރި މީހެއް

ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

10 months ago - 21:23
Jul 10, 2025 - 21:23
Advertisement
Advertisement

ޑިންގީއެއްގައި ދަތުރުކުރި އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަނީ 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ގެއްލުނީ މިއަދު ހެނދުނު 9:30 ހާއިރު ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން ގދ.ގަމަށް ދިއުމަށްފަހު އެނބުރި ގައްދޫއަށް ފުރިފަހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 11:15 ހާއިރު ގަމުން ފުރިކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެމީހާގެ ހަބަރެއް ނުވެގެން ގެއްލިގެން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ ހަވީރު 5:5 ހާއިރުއެވެ.

އެމީހާ އެންމެފަހުން ލައިގެންހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި, ކަޅު ކުލައިގެ ޝޯޓެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް ސައުތް ރީޖަން ކޯސްޓްގާޑް އިން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގަމާއި ގަން ކައިރި ފަޅުރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement