ހޫތީންގެ އިތުރު ހަމަލާއެއް އިޒްރާއިލްއަށް ދަތުރުކުރުމުންދިޔަ ބޯޓަކަށް, އެއަރޕޯޓަށްވެސް ހަމަލާދީފި
އެޓާނިޓީ ސީ އަށް ހޫތީންގެ ހަމަލާއެއް އަރާ އަޑިއަށް ދަނީ. ފޮޓޯ: ވީއެސްޖޭ ނިއުސް

ހޫތީންގެ އިތުރު ހަމަލާއެއް އިޒްރާއިލްއަށް ދަތުރުކުރުމުންދިޔަ ބޯޓަކަށް, އެއަރޕޯޓަށްވެސް ހަމަލާދީފި

މިހަފްތާގައި ރަތްކަނޑަށް ފައްތާލި އެޓަރނިޓީ ސީ އިން ގެއްލުނު 11 ފަޅުވެރިން އަދިވެސް ނުފެނޭ

7 hours ago - 17:28
Jul 10, 2025 - 17:30

މި ހަފުތާގެ ތެރޭގައި ޔަމަނުގެ ހޫތީންގެ ހަމަލާތަކެއްގައި ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ދެ ބޯޓަކަށް ހަމަލާދީ ފައްތާލުމަށްފަހު އަނެއްކާވެސް އިތުރު ބޯޓަކަށް ހަމަލާ އަމާޒުކޮށްފިއެވެ. ހޫތީން މިއަދު ވަނީ އިޒްރާއިލްގެމައި އެއަރޕޯޓް ބެން ގޫރިއަންއަށްވެސް ހަމަލާދީފައެވެ. މިއަދު ހަމަލާދިން ބޯޓަކީ ވެސް ރަތްކަނޑުން އިޒްރާއިލް އަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

ހޫތީން ރަތްކަނޑުގައި އެމީހުންގެ ހަނގުރާމައިގެ ހަމަލާތައް އިތުރުކޮށްފައިވަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގާފައިވާ ޤަތުލްއާންމާ ދެކޮޅަށް ފަލަޞްޠީނުގެ ރައްޔިތުންނާ އެއްކޮށް ތިބުމުގެ ގޮތުންނެވެ. އަދި އިޒްރާއިލްއަށް ހަމަލާތައް ހުއްޓާލުމަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ބުރާސްފަތި ދުވަހު ވަނީ ބެލިސްޓިކް މިސައިލްސް އާއެކު " ކޮލިޓޭޓިވް މިލިޓަރީ އޮޕަރޭޝަނެއް" ނިންމާލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިޒްރާއިލްއިން ވަނީ ހޫތީންގެ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާކަމަށް ބުނެފައެވެ.

މި ހަފުތާގައި ހޫތީން ފައްތާލި ގްރީކުން އޮޕަރޭޓްކުރާ ލައިބީރިއާ ދިދައިގެ އެޓަރނިޓީ ސީ އިން ދަތުރުކުރި 6  ފަޅުވެރިއަކު ހޫތީންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ކަނޑުމަތީގެ ސަލާމަތާގުޅޭ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެއެވެ. ހޯމަ ދުވަހު ދިން މި ހަމަލާގައި 4 މީހަކު މަރުވެ 11 ފަޅުވެރިއަކު ވަނީ ގެއްލިފައެވެ. 

Advertisement
Advertisement

ޔޫރަޕިއަން ޔޫނިއަންގެ ޓްރަވެލް ނެޓްވޯކް އެޕްސައިޑްސް އިން ބުނި ގޮތުގައި އެޓަރނިޓީ ސީ އިން 25 ފަޅުވެރިއަކު ދަތުރުކުރިއެވެ. ބޯޓް ފެތުމަށްފަހު 10 ފަޅުވެރިއަކު ދިރިތިއްބާ އަންގާރަ ދުވަހު ވަނީ ސަލާމަތްކޮށްފައެވެ. 

ގެއްލުނު 11 ފަޅުވެރިންވެސް ހޫތީންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ބެލެވޭއިރު ސަރީ ވަނީ ބޯޓުން ފަޅުވެރިންތަކެއް ސަލާމަތްކޮށް ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައިވާކަމަށް ބުނެފައެވެ.

އެޓަރނިޓީ ސީ ފައްތާލުމުގެ ކުރިން ހޫތީންގެ ހަމަލާއެއްގައި އޭގެ އެއްދުވަސް ކުރިން ވަނީ 'މެޖިކް ސީސް' ކިޔާ ބޯޓެއްވެސް ރަތްކަނޑުގައި ފައްތާލާފައެވެ. އެބޯޓުން ދަތުރުކުރި އެންމެންވެސް ވަނީ ސަލާމަތްކޮށްފައެވެ.

2023 ގެ ފަހުން ރަތްކަނޑުގައި ހުތީން ވަނީ ބޯޓުފަހަރަށް އަމަާޒުކޮށް 100 އަށްވުރެ ހަމަލާދީފައެވެ. ހޫތީން ވަނީ އިޒްރާއިލްއަށް ދަތުރުކުރާ ބޯޓްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow