ބަނގްލަދޭޝްގެ ވަގުތީ ލީޑަރުކަމާ މުހައްމަދު ޔޫނުސް މިއަދު ހަވާލުވެވަޑައިގަންނަވަނީ
ބަނގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުްސް: ފޮޓޯ-އޭޕީ

ބަނގްލަދޭޝްގެ ވަގުތީ ލީޑަރުކަމާ މުހައްމަދު ޔޫނުސް މިއަދު ހަވާލުވެވަޑައިގަންނަވަނީ

މުހައްމަދު ޔޫނުސް ވަނީ ގައުމަށް ވަޑައިގެންފަ

1 month ago - 08:36
Aug 8, 2024 - 10:36

ބަނގްލަދޭޝްގެ ވަގުތީ ލީޑަރުކަމާ މުހައްމަދު ޔޫނުސް މިއަދު ހަވާލުވެވަޑައިގަންނަވާނެ އެވެ. 

ބަނގްލަދޭޝްގައި މުޒާހަރާ ލީޑްކުރި ސްކޫލް ދަރިވަރުންގެ ފުރަތަމަ ހުށަހެޅުމަކަށްވީ ވަގުތީ ސަރުކާރު ލީޑް ކުރުން މުހައްމަދު ޔޫނުސްއާ ހަވާލުކުރެއްވުމެވެ. އޭނާ އަކީ ނޯބަލް ޕްރައިސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވަގުތީ ގޮތުން ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތުމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާ ވަނީ އެކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަރުލުން ދެއްވާ, ރައްޔިތުންވެސް ހަމެޖެހުމަސް އެދިވަޑައިގެންފައެވެ. 

ވަގުތީ ލީޑަރަކަށް އޭނާ ހަމަޖެސެއްވި އިރު ހުންނެވީ އޮލިމްޕިކްސްގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހުގައެވެ. ގައުމު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް އެއްބަސްވީ އަސްކަރިއްޔާގެ އިތުރުން ސިވިކް ލީޑަރުންނާއި, މުޒާހަރާ ލީޑްކުރި ފަރާތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހު އެވެ. ގައުމަށް ވަޑައިގެންނެވުމުގެ ކުރިން ޕެރިހުގައި ހުންނަވާ ވާހަކަދައްކަވަމުން ޔޫނުސް ވަނީ މުޒާހަރާކޮށް ކާމިޔާބު ހޯދި ދަރިވަރުންނަށް މަރުހަބާ ކިޔާފައވެެ. އޭނާ ފާހަގަކުރެއްވީ މިއީ ބަނގްލަދޭޝްއަށް ދެވަނަ މިނިވަން ދުވަހެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ހަމަނުޖެހުމަކީ ދުޝްމަނުން ކަމަށެވެ. އެހެންކަމުން ދުޝްމަނުން އުފަން ނުކުރުމަށް ގޮވާލެއްވިއެވެ. އެދިވަޑައިގަތީ ގައުމު އަލުން ބިނާ ކުރުމަށް އެހީވުމަށެވެ.

މުޒާހަރާތައް ކޮންޓްރޯލް ގެއްލުނީ 300 އަށްވުރެ ގިނަ މީހުން މަރުވުމުންނެވެ. މުޒާހަރާ ކޮންޓްރޯލްނުވެ އެންމެފަހުން ބޮޑުވަޒީރު ޝެއިހު ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ގައުމުން ފިއްލެވީއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow