މުޅި ޣައްޒާއިން  އިންޓަނެޓް ކަނޑާލާ ދުނިޔެއާ ގުޅުން ކަނޑާލައިފި
ނޫސްވެރިންތަކެއް ޣައްޒާގައި އިންޓަނެޓް ލިބޭތޯ މަސައްކަތްކުރަނީ. ފޮޓޯ: އޭއެފްޕީ

މުޅި ޣައްޒާއިން އިންޓަނެޓް ކަނޑާލާ ދުނިޔެއާ ގުޅުން ކަނޑާލައިފި

23 hours ago - 23:01
Jun 12, 2025 - 23:05

މުޅި ޣައްޒާގެ އުތުރުން ދެކުނަށް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާ އިޒްރާއިލްއިން ޣައްޒާއާއި ދުނިޔެއާ ގުޅުން ކަނޑާލައިފިއެވެ. އިއްޔެއިން ފެށިގެން ދެކުނު އަދި މެދުތެރޭ ޣައްޒާގައިވެސް އެއްވެސް ވަރަކަށް އިންޓަނެޓްގެ ޙިދުމަތެއް ނުލިބެއެވެ. 

ސަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި ޣައްޒާގެ އެތެރެއިން ކުރިން ހަބަރެއް ލިބޭނީ ހަމައެކަނި އީ-ސިމްއެއް އޮތް މީހެއްގެ އަތުންނަމަވެސް އެމީހުންނަށްވެސް އީ-ސިމް ބޭނުންކޮށްގެން އިންޓަނެޓްގެ ހިދުމަތެއް މިހާރު ނުލިބެއެވެ. 

ފޯނާއި އިންޓަނެޓް ގެ ހިދުމަތް މެދުކަނޑާލުމުން ޣައްޒާގެ ރައްޔިތުންގެ ދިއިއުޅުންވަނީ އިހުނަށްވުރެ ބޮޑު ތުރާލަކަށް ވެފައެވެ. ނުރައްކަލުގެ އިންޒާރު އެކަކު އަނެކަކަށް އެންގޭނެ ގޮތެއް ނެތްއިރު އެމްބިއުލާންސްއަކަށް ގުޅާލެވޭނެ ގޮތެއްވެސް މިހާރު ނެތެވެ. 

އިޒްރާއިލްގެ ހަމަލާތައް އަމާޒުވާ ސަރަހައްދުތަކުގެ މައުލޫމާތު ނުލިބޭއިރު ރައްކާތެރިކަމެއް ލިބޭތޯ ދާނެ ދިމާއެއްވެސް ނޭންގެއެވެ. އަދި މީހުން ހުސްކުރުމުގެ އަމުރެއް ޔަހޫދީ ސިފައިން ނެރުނަސް މިހާރު ޣައްޒާގެ ރައްޔިތުންނަށް އެ މެސެޖުވެސް ނުލިބޭނެއެވެ. 

Advertisement
Advertisement

އަދި ހަމަލާތަކުގައި ޒަހަމްވާ ފަރާތްތައް ތިބި ހިސާބުތައް ދެނެގަނެވޭނެ ގޮތެއްވެސް ނެތްއިރު އެމީހުންނަށް ގުޅޭނެ ގޮޮތެއްވެސް ނެތެއެވެ. 

އދ ން ތުހުމަތުކުރާ ގޮތުގައި އިޒްރާއިލްއިންވަނީ ޣައްޒާގެ އެންމެ ފަހު އިންޓަނެޓް ކޭބަލް ހަލާކުކޮށްލާފައެވެ. އެކަމުގެ ސަބަބުން އެހީދޭ ފަރާތްތަކުގެ އެހީފޯރުކޮށްދިނުމަށް  ދަތިތަކާ ކުރިމަތިވެފައިވާކަމަށް އދ ން ވަނީ ބުނެފައެވެ. 

"އިންޓަނެޓާ ނުލާ އިންސާނީ އިމަޖެންސީ ޙިދްމަތްތައް ކިހިނެތް ސުންނާފަތިވެފައި އޮތް ތަނެއްގަ ކުރިއަށް ގެންދާނީ! އަދި އަާންމުންނަށް ބޭނުންވާ އަސާސީ މުހިއްމު މައުލޫމާތު ތައް ފޯރުކޮށްދިނުމުގެ ވަސީލަތް އެއީ. އެހުރިހާ ކަމެއް ވަނީ ކަނޑާލާފަ. މުޅި ޣައްޒާއިން އިންޓަނެޓްގެ ހިދްމަތް ކަނޑާލައިފި. ފޯނުގެ ހިދްމަތްވެސް ކިރިޔާ ލިބެނީ" އދ ގެ ތަރުޖަމާނުގެ ނައިބު ފަރްހާން ހަގް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow