ޣައްޒާ ޤަތުލްއާންމު ހުއްޓާލުމަށް ގޮވާލާ 300,000 އަށް ވުރެ ގިނަ މީޙުން  ސިޑްނީ ހާބަރަށް އެއްވެއްޖެ
ސިޑްނީ ހާބަރު ބްރިޖް ފުރި ބާރުވެފައި. ފޮޓޯ: އޭއެފްޕީ

ޣައްޒާ ޤަތުލްއާންމު ހުއްޓާލުމަށް ގޮވާލާ 300,000 އަށް ވުރެ ގިނަ މީޙުން ސިޑްނީ ހާބަރަށް އެއްވެއްޖެ

ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުގެ ސަފަށް އޮސްޓްރޭލިއާވެސް ވަރަށް އަވަހަށް ގުޅިދާނެ

11 hours ago - 00:48
Aug 4, 2025 - 09:08

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ހުއްޓާލުމަށާއި, ފަލަޞްޠީން މިނިވަންކުރުމަށް ގޮވާލާ 300,000 އެއްހާ މީހުން އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީ ބަނދަރު ބްރިޖަށް އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ. ގަދަކަމުން ބަނޑަށް ޖައްސުވާފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ދޮރުތައް ހުޅުވާލުމަށްވެސް ހިނގާލުމުގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.

ސިޑްނީއަށް ޖެހެމުންދިޔަ ގަދަ ވަޔާއި ވިއްސާރައަށް ބެލުމެއްނެތި އެތައްހާސް ބައިވެރިން ބްރިޖްގެ އެއްކޮޅުން އަނެއްކޮޅަށް ދިޔައިރު "ހަމަލާތައް ހުއްޓާލާ" އަދި "ފަލަޞްޠީން މިނިވަންކުރޭ" އަޑުހަރުކޮށް ގޮވަމުންދިޔައެވެ. 

މުޒާހަރާގެ ބައިވެރިންވަނީ ތެއްޔާއި ތަށިތައް ތަޅަމުން "މިއީ އިންސާނިއްޔަތަށްޓަކައި ހިނގާލާ ހިނގާލުމެއް" ކަމަށް ގޮވާލާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެއްޔާއި ތަށި އަދި ސަމުސަލާއި އުނދުޅި ހިފައިގެން ކުރާ ރަމްޒީ މުޒާހަރާއަކީ ކާނާ ހޯދުމަށް ޣައްޒާގެ ރައްޔިތުން ހުސްތެއްޔާއި ތަށި ހިފައިގެން ކިއޫގައި ތިބޭ ތިބުން ހަނދާން އާކޮށް އެމީހުންނާއެކު ތިބިކަން ހާމަކޮށްދިނުމަށް މި ފަހުން ފެށި އަަމަލެކެވެ.

މި ހިނގާލުން ބާއްވާފައިވަނީ  އޮސްޓްރޭލިއާ އާއި ބައެއް އެހެން ޤައުމުތައް ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުމާއި ދެ ދައުލަތުގެ ހައްލާ ގުޅޭ ގޮތުން ބަޔާނެއް ނެރުމަށްފަހުއެވެ.

Advertisement
Advertisement

ފާއިތުވެ ދިޔަ ދެތިން ހަފުތާގެ ތެރޭގައި ފްރާންސް, އިންގިރޭސިވިލާތް އަދި ކެނަޑާއިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ފަލަޞްޠީނުގެ ދައުލަތް ބަލައިގަންނާނެކަން އިިއުލާންކޮށްފައެވެ. އެހެންކަމުން އޮސްޓްރޭލިއާއިންވެސް ދާދީ އަވަހަށް އެކަން އިއުލާން ކޮށްފާނެކަމަށް ބައިނަލްއަޤުވާމީ މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީބުނެފައެވެ.

އިޒްރާއިލްއިން ޤަސްތުގައި ޣައްޒާ ބަނޑަށް ޖެއްސުމުގެ ސަބަބުން މިހާތަނަށް ހައިހޫނުކަމާ ގުޅޭ އެކި އެކި ކަންކަމުގައި 175 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރޭގައި 93 ކުޑަކުދިންވެސް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow