އިޒްރާއިލް އިން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް, ޢިމާރާތްތައް ހިރަފުހަށް!
އިޒްރާއީލް އިން ލުބުނާނަށް ދިނީ ވަރުގަދަ ވައިގެ ހަމަލާތަކެއް: ފޮޓޯ-ރޮއިޓަރސް

އިޒްރާއިލް އިން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް, ޢިމާރާތްތައް ހިރަފުހަށް!

20 days ago - 11:15
Sep 28, 2024 - 11:15

ދެކުނު ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް އިޒްރާއިލް އިން އަނެއްކާވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ރޮއިޓާސް ނޫސް އެޖެންސީގެ ރިޕޯޓަރުންނަށް ގާތްގަނޑަކަށް ވިއްސަކަށް ވައިގެ ހަމަލާގެ އަޑު ފަތިސްގަޑިގައި ދެނުކު ލުބުނާނުން އިވިފައިވާކަމަށް އެނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ހުއްޓާނުލާ ފަސް ގަޑިއެއްހާއިރަށް ހަމަލާތަށް ކުރިއަށް ދިޔަކަމުގައިވެސް ރިޕޯޓްކޮށްފައި ވެއެވެ.

ހަމަލާތައް އަމާޒުވެފައިވާ ސަރަޙައްދުތަކުގެ އިމާރާތްތައް ހިރަފުހަށްވެ, ބިމާ ހަމަވެފައިވާއިރު, އިމާރާތްތަކުގެ ދަށުން ބައެއް ކުޑަކުދިން ދިރިތިއްބާ ސަލާމަތާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ދެކުނު ލުބުނާނުގެ ދަހިޔޭ ސަރަޙައްދަށް ދިން ހަމަލާތަކުގައި އިމާރާތްތައް ހިމެނޭ ބްލޮކެއް އެއްކޮށް ބިމާ ހަމަވެފައިވާއިރު މި ހަމަލާތަކުގައި ގެއްލުން ލިބުނު މީހުންގެ އަދަދު އަދި ސާފެއްނޫނެވެ.

މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ގިނަ ހަމަލާތަކެއް އަމާޒުވެފައިވާއިރު, އާންމުން ދަނީ އެސަޙައްދު ދޫކޮށް ރައްކާތެރިކަން ލިބޭތޯ ދަތުރު ކުރަމުންނެވެ. ބައެއް މީހުން ޕާކުތަކުގައާއި, އައްސޭރިފަށުގެ ސަރަޙައްދުތަކުގައިވެސް ވަނީ ތޮއްޖެހެން ފަށާފައެވެ. 

ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ވަނީ އިޒްރާއިލް އިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް, ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް އިޒްރާއިލްއިން ވަނީ ހަމާލާތައް ހުއްޓާނުލާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އދ ގެ އާންމު  މަޖިލީހުގެ 79 ވަނަ ސެޝަންގައި ވާހަކަދައްކަމުން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ލުބުނާނުގެ ކޮންމެ ބަދިގެއެއްގައިވެސް މިސައިލް ހުންނަކަމަށެވެ.

Advertisement

ހޮނިހިރު ދުވަހުގެ ހަމަލާތަކަށްފަހު އިޒްރާއިލް އިން ބުނެފައި ވަނީ ޙަމަލާދީފައި ވަނީ ހިޒްބުالله ކޮމާންޑް ސެންޓަރަކަށް ކަމަށެވެ. އަދި އޭގެ ކުރިން ހިޒްބުالله  އިން އިޒްރާއިލްއަށް ހަމަލާދިން ކަމަށާއި ނަމަވެސް އެހަމަލާތައް ވަނީ އިޒްރާއިލްގެ ވައިގެ ދިފާއުން ނާކާމިޔާބުކޮށްލާފައި ކަމަށް ބުންޏެވެ.

ހޯމަ ދުވަހުން ފެށިގެން އިޒްރާއިލްއިން ލުބުނާނަށް ދޭންފެށި ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި ދެހާހެއްހާ މިހުން ޒަހަމްވެފައިވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އިޒްރާއިލްއިން ޣައްޒާގައި ފެށި ހަމާލާތަކުގައި މިހާތަނަށް 41,534 މީހުން މަރުވެފައިވާ ކަމަށް ފަލަޞްޠީނުގެ ރަސްމީ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ. އަދި ހަނގުރާމައިގައި ޣައްޒާގެ މުޅި އާބާދީ ވިއްސިވިހާލި ވެފައިވާއިރު ޣައްޒާވަނީ ދިރިނޫޅެވޭވަރަށް ސުންނާފަތިވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow