
އިންޑިއާގެ ޓްރެއިން ސްޓޭޝަންއެއްގައި ފިތިބާރުވެގެން 15 މީހަކު މަރުވެއްޖެ
އިންޑިއާގެ ނިއުދިއްލީގައި ޓްރެއިން ސްޓޭޝަނެއްގައި ފިތިބާރުވެގެން 15 މީހަކު މަރުވެއްޖެއެވެ. އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ ހިންދޫންގެ ދީނީ އަޅުކަމުގެ ޢީދެއްގައި ބައިވެރިވާން ދިއުމަށް ސްޓޭޝަނަށް ޖަމާވެފައި ތިބި ބައެކެވެ.
މަރުވި މީހުންގެ ތެރޭގައި ދިހަ އަންހެންނާއި 3 ކުޑަކުދިންވެސް ހިމެނެއެވެ. އެމީހުން ތިބީ 'މަހަކުންބާ މެލާ' އަހަރީ ދީނީ އަޅުކަމަށް ދިއުމަށް ތައްޔާރުވެގެންނެވެ.
މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެރޭ 8 ޖަހާކަށްހާއިރު ނިއުދިއްލީގެ ރެއިލްވޭ ސްޓޭޝަންގެ ދެ ޕްލެޓްފޯމެއްގައެވެ. މީހުންތައް ތޮއްޖެހިފައިއޮތީ ނިއުދިއްލީގެ އިރުދެކުނުން 624 ކިލޯމީޓަރު (387 މޭލު) ދުރުގައި އޮންނަ ޕްރަޔާގްރާޖް ސިޓީއަށް ދިއުމަށެވެ.
ދިއްލީގެ ޗީޕް މިނިސްޓަރު އަތީޝް ވެސް ވަނީ ހާދިސާގައި 15 މީހަކު މަރުވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިންޑިއާގެ މީޑިއާ އެއް ކަމަށްވާ އެންޑީޓީވީން މަޢުލޫމާތުދޭ ގޮތުގައި މަރުވި މީހުންގެ އަދަދަކީ 18އެވެ.
އިންޑިއާގެ ޗީފް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުން 4 ރޭލް މިހާރު އެސަރަޙައްދަށް ވަނީ ފޮނުވާފައި ކަމަށެވެ. ހާދިސާގައި ޒަހަމްވީ މީހުން ހޮސްޕިޓަލްއަށް ގެންގޮސްފައިވާކަމަށާއި, އަދި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން އެންމެ މަތީ ދަރަޖައިގެ ތަޙްޤީގެއް ކުރުމަށް މިހާރު ވާނީ އަންގާފައި ކަމުގައެވެ.
މަހަކުންބާ އަކީ ހިންދޫންގެ ދީނީ އަޅުކަމުގެ ކަލަންޑަރުގައި އޮންނެ އެންމެ ބޮޑު ފެސްޓިވަލްއެވެ. ޖެނުއަރީން ފެށިގެން މިހާތަނަށް 500 މިލިއަން މީހުން އެސަރަހައްދަށް ޖަމާވެފައިވާއިރު މިދިޔަ ހަފުތާގައިވެސް އެތަނުގައި އަޅުކަމުގެ ބައެއްގެ ގޮތުން ކޯރަކަށް އެރިގެން އުޅުނު އެތައްހާސް މީހުން ފިތިބާރުވެގެން ހިނގި ހާދިސާއެއްގައި 30 މީހަކު މަރުވެފައި ވެއެވެ. އެއި ގަންގާ, ޔަމުނުއާ އަދި ސަރަސްވަތީ ކޯރު ގުޅޭ ސަރަޙައްދެވެ.
އިންޑިއާގައި ފިތި ބާރުވެގެން މީހުން މަރުވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. 2013 ގެ މި ފެސްޓިވަލްގައިވެސް 36 މީހަކު ވަނީ މަރުވެފައެވެ.
ރިއެކްޝަންސް






