
މާލޭގައި ބާ މުސްހަފުތައް ނައްތާލުމުގެ ޕްރޮގްރާމެއް ފަށަނީ
ބާ މުސްހަފްތައް ބަލައިގަންނާނީ ހެދުނު 9.00 ން މެންދުރުފަހު 2.00 އަށް
މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ބާ މުސްހަފުތައް ނައްތާލުމުގެ ޕްރޮގްރާމެއް ފަށަން ނިންމާ މާލެ ސިޓީކައުންސިލުން އެކަން އިއުލާނު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ ދަށުން ނައްތާލަން ބޭނުންވާ ބައު މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީކައުންސިލުން މިއަދުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށެވެ.
މި ޕްރޮގްރާމް އަހަރަކު ދެ ފަހަރު ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މި އަހަރުގެ ފުރަތަމަ ބުރު މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށް ކުރިއަށްދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބާ މުސްހަފުތައް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް ފަލަސްތީނު ހިނގުމުގައި ހުންނަ ކައުންސިލްގެ ސެކްޝަނުންކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އިއްޔެ މާލޭގައި ވަނީ އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އާއި އީގަލްސް ކޮމިއުނިޓީ ގުޅިގެން ކުރިއަށް ގެންދެވިޔަ ސާފުކުރުމުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބާ މުސްހަފު ނައްތާލުމަށް އެތަކެތި ބަލައިގަތުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ރިއެކްޝަންސް






