ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1200 އަށް ބޮޑުކޮށްފި
ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1200 އަށް ބޮޑުކޮށްފި އެވެ. ބޭންކް އޮފް މޯލްޑިވްސްއިން މިރޭ ބުނީ އެބަދަލު ގެންނަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
ބީއެމްއެލްގެ ބޯޑުން މިއަދު ނިންމާފައިވަނީ ރާއްޖެއިން ބެރުގައި ކިޔަވަމުންދާ ދިވެހި ދަރުވަރުންގެ ޑެބިޓް ކާޑުން ކޮންމެ މަހަކު ކެނޑޭ ވަރު 1200 ޑޮލަރަށް މަތިކުރުމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ޗެލެންޖް ތަކާއެކުވެސް ދަރިވަރުންގެ ޑޮލަރު ލިމިޓް މަތިކުރަން ނިންމެވީ ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި ކުރިމަތިވާނެ އުނދަގޫތަކަށް ލުއި ހޯދައިދޭން ކަމަށެވެ. ބޭރުގައި ކިޔަވާ ދަރިވަރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ބީއެމްއެލްގައި ރަޖިސްޓްރީ ވާންޖެހޭނެކަމަށް ޤައުމީ ބޭންކުން ބުންޏެވެ. ރަޖިސްޓްރީކޮށް ސަޕޯޓިންގ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
ބޭންކުން ބުނީ ޑޮލަރުގެ ހާލަތަށް އަންނަ ބަދަލު ވިލަރެސްކޮށް ނިންމާ ނިންމުންތައް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށެވެ. ބޭންކުން ކިޔަވާކުދިންގެ ޑޮލަރު ލިމިޓް މަތި މިކުރީ ލިމިޓް ދަށްކޮށް އޮތުމުން ކިޔަވާ ދަރިވަރުންނާއި އާއިލާތަކުގެ ކަންބޮޑުންވުން އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް