ޣައްޒާގެ ހައިހޫނުކަމުގެ ހާލަތުގެ އަސަރު މިހާރުގެ ކުޑަކުދިންގެ ޖީލަށް މުޅި އުމުރަށް ކުރާނެ: އދ
ކާނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބި ފަލަޞްޠީނުގެ ރައްޔިތުންތަކެއް. ފޮޓޯ: އެކްސް

ޣައްޒާގެ ހައިހޫނުކަމުގެ ހާލަތުގެ އަސަރު މިހާރުގެ ކުޑަކުދިންގެ ޖީލަށް މުޅި އުމުރަށް ކުރާނެ: އދ

ޣައްޒާގައިފާއިތުވި 24 ގަޑި އިރުތެރޭގައި 46 މީހުންވަނީ ޝަހިދުކޮށްލާފައި

2 months ago - 20:00
May 13, 2025 - 20:02

ޣައްޒާއަށް 'ކުރިމަތިކުރުވާފައިވާ' ބަނޑަށްޖެއްސުމުހެ ހާލަތާއެކު މިހާރުގެ ކުޑަކުދިންގެ ޖީލަށް މުޅި އުމުރަށް އޭގެ އަސަރު ކުރާނެކަމުގެ އިންޒާރު އދ ން ދީފިއެވެ. އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ މިހާރު ގުނަމުން މިދަނީ 9 ވަނަ ހަފްތާއެވެ.

ފެމިން ވޮޗްޑޯގުން ހެދި ދިރާސާއަކަށް ފަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ޣައްޒާގެ އާބާދީގެ ކޮންމެ 5 މީހެއްގެ ތެރެއިން އެކަކު ދަނީ ހައިހޫނުކަމުގެ އިންތިހާ ތަހައްމަލްކުރަަމުންނެވެ. އެއީ ޣާއްޒާގެ އާބާދީގެ  244,000 (12 އިންސައްތަ) މީހުންނެވެ.

 އަދި މުޅި ޣައްޒާގެ 100 އިންސައްތަ މީހުންނަ މިހާރު ތިބީ ކާނާ ނުލިބުމުގެ ސަބަނުން ހައިހޫނު ކަމުގެ ހާލަތުގައެވެ. އެގޮތުން ޣައްޒާގެ މުޅި އާބާދީގެ 1.95 މިލިއަން މީހުން (އާބާދީގެ 93 އިންސައްތަ) މީހުންނަށް ކާނާ ލިބުމުގެ ދަތިކަން އިންތިހާއަށް ތަހައްމަލްކުރާ ކަމުގައި އެރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ. 

ހައިހޫނުކަމުގެ ހާލަތު ހުންނަ މިންވަރު ވަޒަންކުރާ އިންޓެގްރޭޓަޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ން ފާއިތުވެދިޔަ އޮކްޓޯބަރުމަހު ހެދިި އެނަލައިސިސް އިން ދައްކާގޮތުން  އޭރުވެސް ޣައްޒާގެ ހާލަތު އޮތީ ފަސްވަނަ ދަރަޖައިގައެވެ. އޭގެ ފަހުން މިހާރު ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ ތިންވަނަ މަސް ގުނަމުންދާއިރު ޣައްޒާގެ އިންސާނީ ހާލާތު އޮތީ ވަރަށް ނާޒުކު ހާލަތެެއްގައި ކަމުގައި އދ އަދި ގިނަ ޖަމާއާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement
Advertisement

މިހާރުގެ ހާލަތަށް ބަލާއިރު ޣައްޒާގެ އާބާދީގެ އިތުރު 470,000 (22 އިންސައްތަ) މީހުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހައިހޫނުކަމުގެ އިިންތިިހާއަށް ވެއްޓޭނެކަމުގައި ފެމިން ވޮޗްއިން ލަފާކުރެއެވެ. އަދި މެއި މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އައިޕީސީ ގެ ދަރަޖަ ހަތަރަކަށް މުޅި ޣައްޒާ ވެއްޓޭނެ ކަމުގެ އިންޒާރު ފެމިން ވޮޗްއިން. ވަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow