އެމެރިކާގެ ޑޮކްޓަރުން ވައިޓްހައުސް ކައިރީގައި ޣައްޒާގެ ރައްޔިތުންނަށްޓަކައި ޓްރަމްޕްއަށް އާދޭޭސްކުރަނީ
އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން. ފޮޓޯ: އަލްޖަޒީރާ

އެމެރިކާގެ ޑޮކްޓަރުން ވައިޓްހައުސް ކައިރީގައި ޣައްޒާގެ ރައްޔިތުންނަށްޓަކައި ޓްރަމްޕްއަށް އާދޭޭސްކުރަނީ

ހައިހޫނުކަމުގައި 115 މީހުން ވަނީ ދުނިޔެ ދޫކޮށްފަ

24 hours ago - 10:06
Jul 25, 2025 - 10:09

އެމެރިކާގެ ޑޮކްޓަރުނާއި ކުރީގެސިފައިންގެ ބޭކަލުން ކެޕިޓޯލްއަށް އެއްވެ ވައިޓްހައުސް ކައިރީގައި އިޒްރާއިލް ހުއްޓުވުމަށާއި, ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުން ސަލާމަތްކޮށްދިނުމަށް އެދި ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އާދޭސް ދަންނަވަން ފަށައިފިއެވެ.

"ހަނގުރާމައިގެ އުކުޅެއްގެ ގޮތުން ތުއްތު ކުދިން ބަނޑަށް މަރަމުން ދިއުމުގެ ޖައްބާރު ޖަރީމާ, އެއީތަ އަހަރެމެންގެ އިންސާނިއްޔަތުކަން ހުރި މިންވަރަކީ! އެއީތަ ޤައުމެއްގެ ގޮތުގައި އަހަރެމެން އައިސްތިބި ހިސާބަކީ!" 17 އަަހަރުވަންދެން އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކުރި ޖޮސެފައިން ގިބީއު އެ އެއްވުމުގައި ބުނެފައިވެއެވެ.

ގިބީއު އެއްވުމާ ގުޅުނީ އޭނާގެ އެކުވެރި އެހެން ކުރީގެ އަސްކަރިއްޔާގައި މަސައްކަތްކުރި ފަރާތްތަކާއެކު ބައެއް ޑޮކްޓަރުންނާއި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ރަޝީދާ ތްލައިބް އާއެކުއެވެ. 

ޣައްޒާގެ ހައިހޫނު ކަމުގެ ހާލަތު އިންތިހާއަށް ގޮސްވެ ހަނގުރާމަ ފެށިފަހުން ހައިހޫނުކަމުގައި ދުނިޔެ ދޫކުރި މީހުންގެ އަދަދުވަނީ 115 އަށް އަރާފައެވެ. ޣައްޒާގެ ރައްޔިތުން ކާނާ އާ ބޯފެނުން މަހްރޫމްކޮށްފައިވާތާ 5 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ޣައްޒާ ވަނީ އެއްގަމާއި ކަނޑުންވެސް އިންސާނީ އެހީއަށް ބަންދުކޮށްފައެވެ.

Advertisement
Advertisement

މި އެއްވުމުގެ ބައިވެރިން ވަނީ ހައިހޫނުކަމުގައި ކަށީގެ އޮނިގަނޑުތަކަކަށް ބަދަލުވެފައިިތިިބި ތުއްތ ކުދިންގެ ފޮޓޯތައް ހިފައިގެން ތިބެ ވަނީ އިޒްރާއިލްއަށް ހަތިޔާރު ފޯރުކޯށްދިނުން ހުއްޓުވުމަށާއި, ޣައްޒާ އިންސާނީ އެހީއަށް ހުޅުވާލުމަށް ގޮވާލާފައެެވެ.

ބައްދަލުވުމުގައި ރަޝީދާ ވަނީ އޭނާއާއެކު ޤާނޫނުހަދާ މަޖިލީހުގެ އެހެން މެމްބަރުންވެސް އެ އެއްވުންތަކުގައި ބައިވެރިވުމަށް ގޮވާލާފައެވެ. އެމެރިކާގެ ރައްޔިތުން އެމެރިކާއިން އިޒްރާއިލް އަށް ހަތިޔާރު ފޯރުކޮށްދީ ޣައްޒާގެ ކުޑަކުދިން މެރުމަށް އެހީވާކަމަށް ބުނަމުންދާއިރު ކޮންގްރެސް އިން ދަނީ އިޒްރާއިލްގެ ނުބައި ޖަރީމާތަކަށް ހިތްވަރު ދިނުމުގެ ނިންމުންތައް ނިންމަމުންނެވެ.

"ކޮންގްރެސްގައި ތިބި އެމެރިކާގެ ރައްޔިތުން ނިދިންހޭލަންޖެހޭ. އެމެރިކާގެ ރައްޔިތުން އެކަމަށް އެދި ގޮވަމުންދަނީ. އަހަރެމެން މައުސޫމް ތުއްތުކުދިން މެރުމަށް ހިތްވަރު ނުދޭނެ" ކެޕިޓޯލްގެ ބޭރުގައ ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަޝީދާ ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow