އިޒްރާއިލްއާ ދެކޮޅަށް ޖިހާދުކުރުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެއްޖެކަމަށް މުސްލިމް ޢިލްމުވެރިން ފަތުވާ ނެރެފި

އިޒްރާއިލްއާ ދެކޮޅަށް ޖިހާދުކުރުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެއްޖެކަމަށް މުސްލިމް ޢިލްމުވެރިން ފަތުވާ ނެރެފި

1 day ago - 13:40
Apr 6, 2025 - 14:22

އިޒްރާއިލްއާ ދެކޮޅަށް ޖިހާދުކުރުން ހަމަ ކޮންމެ މުސްލިމެއްގެ މައްޗށް ވާޖިބުވެއްޖެކަމަށް ބައިނަލްއަޤުވާމީ މުސްލިމް އިލްމުވެރިންގެ ޔޫނިއަން އިން ފަތުވާ ނެރުއްވައިފިއެވެ. ފަތުވާގައި މުސްލިމުންގެ އަސްކަރީ ގުޅުމުގެން ފައުޖެއް އިޒްރާއިލްއާ ދެކޮޅަށް އުފެއްދުމަށްވެސް ވަނީ ގޮވާލާފައެވެ.

މި ފަތުވާ ނެރެފައި ވަނީ 2025, މާޗު މަހުގެ 1 ވަނަ ދުވަހު އިޖްތިހާދް އެންޑް ފަތުވާ ކޮމިޓީ އޮފް މުސްލިމް ބުރަދަރހޫޑް-އެފިލިއޭޓަޑް އިންޓަނޭޝަނަލް މުސްލިމް ސްކޮލަރސް (އައިޔޫއެމްއެސް) އިންނެވެ. އައިޔޫއެމްސްގެ މައި އިދާރާ ހުންނަނީ ޤަތަރުގައެވެ. ފަތުވާ ކޮމީޓީންއިން ވަނީ މުސްލިމު އުއްމަތުގެ މައްޗަށް އިޒްރާއިލްއާ ދެކޮޅަށް ޖިހާދު ވާޖިބުވެއްޖެކަމަށް ކަނޑައަޅާ ކުރު 10 ޕޮއިންޓްގެ މައްޗަށް އެކުލެވޭ ފަތުވާއެއް ނެރެފައެވެ.

ފަތުވާގައި ވާގޮތުން ފަލަޞްޠީނުގެ ބިންތައް ހިޞާރުކޮށްގެންގެން ތިބި އިޒްރާއިލްއާ ދެކޮޅަށް ހަތިޔާރާއެކު ނިކުތުމަށް މުސްލިމް އުންމަތުގެ ކުޅަދާނަކަށް ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެއްޖެކަމަށް ބުނެފައިވެއެވެ. އަދި އަރަބި-އިސްލާމީ ޤައުމުތަކުން އިޒްރާއިލް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިހިނދުން މިހިނދަށް އަސްކަރީ ގުޅުމެއް އެކުލަވާލާ މުސްލިމް އުއްމަތުގެ ދިފާއުގައި ހަނގުރާމަ ފެށުމަށްވެސް ވަނީ ގޮވާލާފައެވެ.

"ސަޙްޔޫނީ ދުޝްމަނުން އެއްގަމާއި, ކަނޑާއި ވައިގެ މަގުން ވަށާލާ" އަރަބި ގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު އިޒްރާއިލްއަށް ބަންދުކުރުމަށްވެސް ފަތުވާގައި ގޮވާލާފައި ވެއެވެ. މީގެ އިތުރުން މުސްލިމް މުޖާހިދުންނަށް އަސްކަރީ ގޮތުންނާއި ފައިސާގެ ގޮތުން އެހީވުމަށާއި, ސަޙްޔޫނީ ދައުލަތާއެކު އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށްވެސް ވަނީ ގޮވާލާފައެވެ. ސަޙްޔޫނީ ދުޝްމަނުންނާ އެއްވެސް ގުޅުމެއް ބޭއްވުމަކީ ޝަރީޢާ ހުއްދަކުރާ ކަމެއްނޫންކަމަށްވެސް ފަތުވާގައި ފާހަގަކޮށްފައި ވެއެވެ.

Advertisement
Advertisement

އަދި މިހާލަތުގައި އިޒްރާއިލްއާ އެކު ވިޔަފާރީގެ އެއްވެސް (ގޭހާއި ޕެޓްރޯލިއަމް ފަދަ ތަކެތި ވިއްކުން ފަދަ) ގުޅުމެއް ބޭއްވުން ހުއްދަ ނުވާނެ ކަމަށާއި ޢަރަބި ގައުމުތަކުން އިޒްރާއިލްއާ އެކު ހަދާފައިވާ ސުލްޙައިގެ މުއާހަދާތައް އަމަލުކުރުމާ ބެހޭގޮތުން އަލުން ވިސްނުމަށްވެސް ގޮވާލާފައި ވެއެވެ.

ވަކިން ޙާއްސަކޮށް ޣައްޒާގައި މުސްލިމް އުންމަތުގެ ދިފާއުގައި ޖިހާދުކުރަމުންދާ ޖިހާދީންނަން މާލީގޮތުން އެހީތެރިވުމަށާއި, ޢައްޒާއަށް އެތެރެވެވޭނެ މަގުތައް ހުޅުވުމަށްވެސް ގޮވާލާފައި ވެއެވެ.

އައިޔޫއެމްއެސް އުފެއްދީ 2004 ވަނަ އަހަރު މިޞްރަށް އުފަން ޝެއިޚް ޔޫސުފް އަލް-ގަރްޟާވީ ރަޙިމަހުالله އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow