އިޒްރާއިލްގެ އުދުވާނު: 11 މީހުން ދިރިތިއްބާ އަންދާލާ, ޖުމްލަ 39 މީހުން ޝަހީދުކޮށްލައިފި
އިޒްރާއިލްގެ ހަމަލާއެއްގައި ގައްޒާގެ ޓެންޓެން ރޯވެ އަނދަނީ. ފޮޓޯ: ދި ގާޑިއަން

އިޒްރާއިލްގެ އުދުވާނު: 11 މީހުން ދިރިތިއްބާ އަންދާލާ, ޖުމްލަ 39 މީހުން ޝަހީދުކޮށްލައިފި

4 hours ago - 19:39
Apr 22, 2025 - 20:00

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި މިއަދު ހެނދުނުން ފެށިގެން ދިން ހަމަލާތަކުގައި ޖުމްލަ 39 މީހަކު ޝަހީދުކޮށްލައިފިއެވެ. އޭގެ ތެރޭގައި ދެކުނު ޚާން ޔޫނިސް އިން ދިރިތިއްބާ އަންދާލި 11 މީހަކުވެސް ހިމެނެއެވެ.

ދިރިތިއްބާ އަންދާލީ އާންމުން ދިރިއުޅޭ ގެއަކަށް ދިންހަމަލާއެއްގައި ކަމުގައި ސިއްޙީ ދާއިރާގެ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.

މީގެ ދެތިން ގަޑިއިރުކުރިން ނުސީރަތު ރެފިއުޖީ ކޭޕްމް ހިމެނޭ ސަރަޙައްދަށްވެސް ބާރުގަދަ ހަމަލާކެއްވަނީ ދީފައެވެ. އެސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ތިން ކުޑަކުދިން ޝަހީދުވެފައިވާކަންވެސް މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެސަރަހައްދުން މަންޒަރު ދުށް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުން ޑްރޯން ހަމަލާ ސީދާ އަމާޒުވީ ކުޑަ ދެކުއްޖަކަށެވެ. ހަމަލާއާ އެކު އެކުދިންގެ ހަށިގަނޑުގެ ބައިތައް ބުރައިގެންގޮށް މުޅި ސަރަޙައްދަށް ލޭގެ ކޯރު ދެމިފައިވާ ވީޑިއޯއެއްވެސް މިހާރުވަނީ އާންމުވެފައެވެ.

Advertisement
Advertisement

ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާ ދެމުންދާއިރު އިންސާނީ އެހީ ޣައްޒާއަށް ވަނުން ހުއްޓުވާފައިވާތާ މިއީ 51 ވަނަ ދުވަހެވެ. ވިއްސި ވިހާލިވެފައިވާ ޣައްޒާގެ ރައްޔިތުން މިހާރު ދިރިތިބެނީ ދުވާލަކު އެއްފަހަރު ވަރަށް އާދައިގެ ގޮތަކަށް ކައިގެންނެވެ.

ސަޕްލައި ނުލިބި ޣައްޒާގެ ކޮމިއުނިޓީ ބަދިގެތައް ބަންދުކޮށްފައިވާއިރު ޣައްޒާގެ ހާލަތު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަޔާންކުރަން ދަތި ދަރަޖައަކަށް ހިނގައިދާނެކަމުގެ އިންޒާރު އދ ން އަދި އެހީދޭ ޖަމާއާތްތަކުން ވަނީ ދީފައެވެ.

ޣައްޒާގެ ކަންކަން ބަލަހައްޓަމުން އަންނަ މުޖާހިދުންގެ ގްރޫޕް ހަމާސްއިންވަނީ ޣައްޒާގެ އިންސާނީ ހާލާތާ މެދު ކަންބޮޑުވެ އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ކަމުގައި މިއަދުވެސް ބުނެ, ޣައްޒާ ބްލޮކޭޑް ނަގައިދިނުމަށް ދުނިޔޭގެ ގައުމުތަކުގައި އެދިފައެވެ. ނަމަވެސް އިޒްރާއިލްއިން ތަކުރާރުކޮށް ވަނީ ޣައްޒާއަށް އެހީގެ ކުޑަމިންވަރެއްނަމަވެސް ވަނަ ނުދޭނެކަމަށް ބުނެފައެވެ. އދި އެއީ ހަމާސްއަށް މަޖުބޫރު ކުރުމުގެ ގޮތުންކަމުގައިވެސް އިޒްއިލްއިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow