ޣައްޒާގެ ޤަތުލްއާންމު ހުއްޓުވުމަށް ޤައުމުތަކުން 'ގްލޯބަލް އެކްޝަން' އެއް ނަގަންޖެހޭ: އަލްބަނީސީ
އަލްބަނީސީ. ފަލަޞްޠީނުގެ ހައްޤުގައި ވަކާލާތުކުރާ އެންމެ ގަދަ އަޑު. ފޮޓޯ:

ޣައްޒާގެ ޤަތުލްއާންމު ހުއްޓުވުމަށް ޤައުމުތަކުން 'ގްލޯބަލް އެކްޝަން' އެއް ނަގަންޖެހޭ: އަލްބަނީސީ

30 ގައުމެއްގެ މަންދޫބުން ކުރިމަތީ ވާހަކަ ދައްކަވަމުން އަލްބަނީސީ ވިދާޅުވީ ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް

10 hours ago - 16:46
Jul 16, 2025 - 16:47

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު ހުއްޓުވުމަށް ޤަައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާ ގްލޯބަލް އެކްޝަނެއް ނެގުމަށް ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކަށް ކަނޑައަޅާފައި ހުންނަވާ އދ ގެ ހާއްސަ ރެޕަޓުއާ, ފްރާންސެސްކާ އަލްބަނީސީ ގޮވާލައްވައިފިއެވެ.

އިއްޔެ ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި 30 ގައުމެއްގެ މަންދޫޫބުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން އަލްބަނީސީ ވަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނު ހުއްޓުވުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އޮކްޓޯބަރު 2023 ގައި އިޒްރާއިލްއިން ޣައްޒާއް ދޭންފެށި ހަމަލާތައް 22 ވަނަ މަހަށް ދެމިގެންދާއިރު މިހާތަނަށް ހަމަލާތަކުގައި ޝަހީދުކޮށްލި ޣައްޒާގެ ރައްޔިތުންގެ ރަސްމީއަދަދު ވަނީ 58,000 ފަހަނައަޅާފައެވެ. މާޗު 2 ން ފެށިގެން އިޒްރާއިލްއިން ޣައްޒާ އިންސާނީއެހީއަށް ބަންދުކޮށް މުޅި ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖައްސާފައެވެ. 

ޣައްޒާގެ ބިމުގެ 86 އިންސައްތަ އިޒްރާއިލްގެ އަސްކަރިއްޔާއިން ކޮންޓްރޯލްކޮށް ކުޑަ ސަރަހައްދެއްގައި މިލިއަނެއްހާ މީހުން ތޮތްޖައްސާ ކޮންމެ ދުވަހަކު ދަނީ އެސަރަހައްދަށް އެއްގަމާއި ވައިގެ މަގުން ހަމަލާދީ އެވްޖްކޮށް ދުވާލަކު 100 އަށްވުރެ ގިނަ މީހުން މަރަމުންނެވެ.

Advertisement
Advertisement

"ކޮންމެ ގައުމަކުން އެބަޖެހޭ ވަކިވަކިން ކަންކަން ބަލާ އިޒްރާއިލްއާ އެކު ޤާއިމްކޮށްފައިވާ ހުރިހާ ގުޅުމެއް މެދުކަނޑާލަން. އަދި އެގައުމުތަކުގެ ޕްރައިވެޓް ސެކްޓަރ އިންވެސް އެމަގުން ކަންކުރަންޖެހޭ" އަލްބަނީސީ ވިދާޅުވިއެވެ.

ދެކުނު އެފްރިކާ އަދި ކޮލަމްބިއާ ގުޅިގެން ކުރިއަށްގެންދިޔަ ދެ ދުވަހުގެ މި ކޮންފަރެންސްގައި ގިނައިން ބައިވެރިވީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަންދޫބުންނެވެ. ނަމަވެސް އެންމެ ބޮޑަށް ތަރައްގީވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިން, ޗައިނާ އަދި އަޔަލެންޑް އިންވެސް ކޮންފަރެންސްގައި ބައިވެރިވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow