
ޣައްޒާގައި އެވްރެޖްކޮށް ދުވާލަކު ކްލާސްރޫމެއްގެ ކުދިން ޝަހީދުކުރޭ: ޔުނިސެފް
ދުވާލަކު އެވަރެޖްކޮށް 28 ކުދިން ދުނިޔެ ދޫކުރޭ
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމާއި, އިންސާނީ އެހީއަށް ޣާއްޒާ ބަންދުކޮށްފައި އޮތްއޮތުމުގެ ސަބަބުން ދުވާލަކު އެވްރެޖްކޮށް 28 ކުޑަކުދިން ދުނިޔެދޫކުރާ ކަމަށް އދ ގެ ކުޑަކުދިންނާ ގުޅޭ ޖަމްއިއްުޔާ, ޔުނިސެފް އިން ބުނެފިއެވެ.
"ބޮންއަޅައިގެން ކުޑަކުދިން މަރުވަމުންދޭ, އެކަށީގެންވާ ކާނާ ނުލިބި ނިއުޓްރިޝަން މަދުވެގެން, ނޫނީ އިންސާނީ އެހީ ނުވަތަ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބި ކުދިން ދުނިޔެ ދޫކުރޭ" ޔުނިސެޕް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ޕޯސްޓްގައި އިތުރަށްބުނީ އެވަރެޖްކޮށް 28 ކުދިން ޣައްޒާގައި މަރާލާކަމަށާއި, އެއީ އެވަރެޖް ކްލާސްރޫމެއްގެ ކުދިން ކަމަށެވެ.
ޔުނިސެޕްއިންވަނީ ޣައްޒާގެ ކުޑަކުދިންގެ އިންސާނީ އަސާސީ ހައްގުތަށް ހިފެހެއްޓުމެއްނެތި ފޯރުކޮށްދިނުމަށާއި, އެކަން ހާސިލްކުރުމަށް އެންމެ މުހިންމީ ހަމަލާތައް ހުއްޓާުން ކަމަށް ބުނެ, މިހާރުންމިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އިޒްރާއިލްއިން ޣައްޒާ ހިންގަމުންގެންދާ ޤަތުލްއާންމަށް 22 މަސްވާން ދެ ދުވަހަށް ވެފައިވާއިރު, ހަމަލާތަކުގައި މިހާތަނަށް 17,500އަށްވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮށްލާފައެވެ. ހައިހޫނު ކަމުގައި ބަނޑަށް އަދި ނިއުޓްރިޝަން މަދުވެ 93 ކުއްޖަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.
ޔުނިސެފް އިން ބުނި ގޮތުގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް 50,000 ކުޑަކުދިން ޣައްޒާގައި ވަނީ މަރާލާ ނުވަތަ ޒަހަމްކޮށްފައެވެ.
ރިއެކްޝަންސް






