ސޫދާންގެ ދަފަރުގައި ފާއިތުވި ދެ ހަފްތާގެ ތެރޭގައި އާންމުންގެ 480 މީހުން ވަނީ މަރާލާފައި: އދ
ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ސޫދާންގެ ރައްޔިތުންތަކެއް. ފޮޓޯ: އޭޕީ

ސޫދާންގެ ދަފަރުގައި ފާއިތުވި ދެ ހަފްތާގެ ތެރޭގައި އާންމުންގެ 480 މީހުން ވަނީ މަރާލާފައި: އދ

5 hours ago - 12:58
Apr 26, 2025 - 13:00

ސުދާންގެ އުތުރު ދަފަރުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި މަދުވެގެން 480 އާންމުން މަރާލާފައިވާކަމަށް އދ ން ބުނެފިއެވެ. އަދި ބައެއް ހަމަލާތައް ނަސްލީގޮތުން ވަކި ބަޔަކު ނައްތާލުމަށް ދީފައިވާކަމަށްވެސް އދ ން ވަނީ ބުނެފައެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ހުކުރު ދުވަހު ބުނީ އެޕްރީލް 10 ން ފެށިންގެން އުރުތު ދަފަރުގައި މަދުވެގެން 481 މީހަކު މަރާލާފައިވާކަން ޔަޤީންކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަސްކު އަދަދު އެއަށްވުރެ އެތައްގުނައެއް މަތިވުން އެކަށީގެންވާކަމަށްވެސް އދ ން ވަނީ ބުނެފައެވެ.

އަދި ވަކިން ހާއްސަކޮށް ޖިންސީ ހާނިއްކަ އާއި ރޭޕް އިންތިހާއަށް އިތުރުވެފައިވާއިރު ބިރުގަންނަ ދަރަޖައަށް އެކަން އަންހެން އަދި ފިރިހެންކުދިންނަށްވެސް ކުރަމުންދާކަމުގައިވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ފެށިގެން ސޫދާން ވަނީ އަހުލީ އަދި ދާހިލީ ހަނގުރާމައިގެ މައިދާނަކަށް ވެފައެވެ. ސޫދާންގެ އަސްކަރީ ވެރިޔާ އަބްދުލް ފައްތާޙް އަލް- ބުރުހާން އާއި ޕާލިއަމެންޓަރީ ސަޕޯޓް ފޯސަސް (އާރުއެސްއެފް) އާ ދެމެދު ފެށުނު ދާހިލީ ހަނގުރާމައިގައި އެތައްހާސްބައެއްގެ ފުރާނަ ވަނީ ނެތިގޮށްފައެވެ. އާރުއެސްއެފް ގެ ވެރިއަކަށް ހުންނަނީ ބުރުހާންގެ ކުރީގެ ޑެޕިއުޓީ މުހައްމަދު ހަމްދާން ޑަގްލޯއެވެ.

Advertisement
Advertisement

ހަނގުރާމައިގެ ސަބަބުން ސޫދާން އަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާއިރު އެތައްބަކު ވަނީ ގެދޮރުގެއްލި ވިއްސި ވިލާހިވެފައެވެ. އަދި ކާނާއާއި ބޯފެން ނުލިބި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow