އީރާނަށް ހަމަލާ ދިނުމާގުޅޭ އިޒްރާއިލްގެ ސިއްރު ލިޔުންތައް ލީކުވި މައްސަލަ އެފްބީއައި އިން ތަޙްޤީގުކުރަނީ
ވޮޝިންގްޓަން (އޭޕީ) – ހުއްދަނެތި ހާމަކޮށްފައިވާ އިޒްރާއިލްގެ ސިއްރު ލިޔެކިޔުންތަކެއް ލީކުވެފައިވާ މައްސަލައެއް ތަޙްޤީގް ކުރަމުންދާކަމަށް އެފްބީއައި އިން ބުނެފިއެވެ. އަންގާރަ ދުވަހު އެފްބީއައި އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އީރާނަށް ދޭނެކަމަށްބެލެވޭ ރައްދު ހަމަލާގެ ޕްލޭނާ ގުޅޭ ލިޔެކިޔުންތަކެކެވެ.
ވައިޓްހައުސްގެ ތަރުޖަމާނު ޖޯން ކަރބީ ހޯމަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި ސިއްރު މައުލޫމާތުތަކެއް ލީކުވީ ކަމެއް ނުވަތަ ބަޔަކު ހެކް ކުރީކަމެއް ބުނާކަށް އަދި ނޭނގެއެވެ. އެމެރިކާގެ އޮފިޝަލުން އެމައްސަލަ ތަޙްޤީގުކުރަމުންދާކަށް ހޮނިހިރު ދުވަހު އެސޯސިއޭޓް ޕްރެސްއިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެފްބީއައި އިން ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އަންގާރަ ދުވަހުއެވެ. އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓްނަރުންނާއި ޑިފެންސް އަދި އިންޓެލިޖެންސް ކޮމިއުނިޓީ އާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. ނަމަވެސް އެފްބީއައި އިން އިތުރު ކޮމެއްޓެއް އެކަމާ ގުޅިގެން ދީފައެއް ނުވެއެވެ.
ލިޔެކިޔުންތައް ޙާއްސަކޮށްފައި ވަނީ ނޭޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އެޖެންސީ އަދި ނޭޝަނަލް ސެކިއުރިޓީ އެޖެންސީންނެވެ. އޭގައި އިޒްރާއިލް އަސްކަރިއްޔާގެ އެސެޓްތައް އަސްކަރީ ހަމަލާދޭން ކަނޑައަޅާފައިވާ ތަނަށް ޖަމާކުރަމުން ދާކަމަށް ބުނެފައި ވެއެވެ. އަދި އެއީ އިރާނުން އޮކްޓޯބަރު 1 ގައި އިޒްރާއިލްއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ރައްދުގައި އީރާނަށް ދޭން ތައްޔާރުވެފައިވާ ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި "ފައިވް އައިސް" އިންޓެލިޖެންސް އެލަޔަންސް (އެމެރިކާ, އިނގިރޭސިވިލާތް, ކެނަޑާ, ނިއުޒިލެންޑް އަދި އޮސްޓްރޭލިއާ) އަށް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވެއެވެ.
މި ލިޔެކިޔުންތަކަކީ އެންމެ ބޮޑެތި ސިއްރުގެ ގޮތުގައި ލޭބަލްކޮށްފައިވާ ލިޔެކިޔުންތަކެކެވެ. މި ލިޔުންތައް އެންމެ ފުރަތަމަ ދުވަހު އާންމުވެފައިވަނީ ހުކުރުދުވަހު ޓެލެގްރާމް މެސެޖިން އެޕްގައެވެ. އަދި އީރާންގެ ޓެލްގްރާމްގެ އެކިއެކި ޗެނަލްތަކުގައި ވަރަށް ހަލުވިކަމާއެކު ވަނީ ފެތުރިފައެވެ.
ރިއެކްޝަންސް