އެއްގަމާ ވައިގެމަގުން ހަމަލާދީ ފާއިތުވި 24 ގަޑިއިރުތެރޭގައި އިޒްރާއިލް އިން ޣައްޒާގައި 51 ޤަތުލު
51 މީހަކު ވަނީ މަރާލާފައި: ފޮޓޯ-ދަ ގާޑިއަން

އެއްގަމާ ވައިގެމަގުން ހަމަލާދީ ފާއިތުވި 24 ގަޑިއިރުތެރޭގައި އިޒްރާއިލް އިން ޣައްޒާގައި 51 ޤަތުލު

15 days ago - 08:25
Oct 3, 2024 - 08:25

އިޒްރާއިލްގެ އަސްކަރިއްޔާގެ އޮޕަރޭޝަންސް ތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނިވެސް ޣައްޒާއިން 51 މީހަކު ޝަހީދު ކޮށްލައިފިއެވެ. އިޒްރާއިލްއިން ބުނާގޮތުގައި ހަމަލާދީފައިވަނީ ހަމާސްގެ އަސްކަރީ ތަންތަނަށް އަމާޒުކޮށެވެ. ނަމަވެސް ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވެފައިވަނީ އާންމުންނެވެ. އޭގެ ތެރޭގައި 7 އަންހެނުނާއި 22 މަހުގެ ކުއްޖަކުވެސް ހިމެނޭހެން 12 ކުޑަކުދިންވެސް ހިމެނެއެވެ. 

އިޒްރާއިލްގެ ފައިޓަޖެޓުތަކުން ރޭގައި ވަނީ ޣައްޒާގެ މަސްކަތު ސްކޫލަށާއި, ޓަފާޙް އަދި އަލް-އަމާލް ޔަތީމުޚާނާއަށް ހަމަލާ ދީފައެވެ. އެސަރަހައްދުތަކުގައި ވިއްސި ވިހާލިވެފައިވާ މީހުން ބޯހިޔާވަހިކަށް ހޯދައިގެން ތިބި ތަނަކަށް ދިން ހަމަލާއެއްގައި މަދުވެގެން ނުވަ މީހުން މަރަލާފައިވާކަމަށް ފަލަޞްޠީނުގެ ނިއުސް އެޖެންސީ ވަފާ އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

ޔަތީމު ޙާނާއަށް ދިން ހަމަލާގައިވެސް ގިނަ އަދަދެއްގެ އަންހެނުނާއި ކުޑަކުދިން މަރުވެފައި ވާއިރު ދިރިހުރި މީހެއް ފެނޭތޯ އާއި ގާތަކުގެ ތެރެއިން މަރުވެފައިވާ ހަށިތައް ނެގުމުގައި ފަލަޞްޠީނުގެ ރެޑްކްރޮސް އާއި ސިވިލް ޑިފެންސުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން މިވަގުތުވެސް މެދުތެރޭ ޣައްޒާގައި ހުންނަ "ބްރިގް ހައި ސްކޫލަށް" ހަމަލާ ދީފިކަމަށް އިޢުލާން ކޮށްފައިވެއެވެ. ނަމަވެސް ސީދާ ހަމަލާ އަމާޒުވި ތަނެއް, ނުވަތަ އެހަމަލާގައި މީހަކު މަރުވިކަމެއް އަދި ސާފެއްނޫނެވެ. ވަކިން ދިން އެހެން ބަޔާނެއްގައި އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޔަތީމުޚާނާ އާއި އިތުރު ދެ ސްކޫލަށް ހަމަލާދިނީ އެތަނުގައި ހަމާސްގެ ކޮމާންޑު ސެންޓަރުތަކެއް ހުރުމުން ކަމަށެވެ. 

Advertisement

ހަމާސް ބަހަނާއަކަށް ހަދާ އިޒްރާއިލްއިން ވަނީ ޣައްޒާގެ ތަޢުލީމުގެ އިންފްރާސްޓަކްޗަރ އެއްކޮށްހެން ހަލާކުކޮށްލާފައެވެ. އަދި އެތަންތަނުގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި އެތައް ސްކޫލަކަށް އިޒްރާއިލްއިން ދަނީ ހަމަލާދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow