މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރައި ވައި ނުސާފުވެއްޖެ: ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރައި ވައި ނުސާފުވެއްޖެ: ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

5 hours ago - 20:54
Advertisement
Advertisement

ދިވެހިރާއްޖޭގެ ވައިގެ ސާފުމިންވަރު ވަރަށް ބޮޑަށް ދަށަށްގޮސް، މުޅި ރާއްޖެއަށް ދުންފުހުގެ ބޯ އަސަރު ފޯރަމުންދާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުވެސް މި ހާލަތު މިގޮތުގައި ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިންޒާރުކޮށްފިއެވެ.


މެޓް އޮފީހުން ހާމަކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވައިވެސް މިވަގުތު ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރިމަތިވާނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.


ވައިގެ ފެންވަރު އިންތިހާއަށް ދަށްވަމުންދާތީ، އާންމު ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން ބޭރުތެރޭގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުޅިވަރާއި އެކިއެކި ކަސްރަތު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި މިފަދަ ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށާއި، ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ނުރައްކާ ބޮޑުވެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން މި ދުވަސްވަރު އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށާއި، ބޭރުތެރޭގައި ގިނަ ވަގުތު ހޭދަނުކުރުމަށްވެސް ސިއްހީ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement